މިދިޔަ މަހުގެ ފަހުކޮޅު ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި، އަނިޔާކުރި މައްސަލައިގައި އަނިޔާ ލިބުނު މީހުން ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން އެ ތަނުގައި ބަންދުކޮށްފައި ބޭތިއްބި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، އިފަން، އުމުރުން 19 އަހަރުގެ އިފްހާމް އަޙްމަދެވެ. މި މައްސަލައިގައި ފުރަތަމަ އޭނާގެ ބަންދަށް ދިން 16 ދުވަހުގެ މުއްދަތު ހަމަވުމުން، މިއަދު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 20 ދުވަހަށް ދަމަހައްޓައިފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއެވެ.
މީގެއިތުރުން، އަނިޔާ ލިބުނު ފަރާތްތަކުން ފޯނު ނުދީފިނަމަ ބިއްލޫރި ފުޅިއަކުން ހަމަލާދޭނެ ކަމަށް ބުނެ އިފްހާމް އިންޒާރުދީ ބިރުދެއްކި ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި ގިނަ ބައެއްގެ ކުރިމަތީގައި، އަނިޔާ ލިބުނު ފަރާތްތަކުގެ އަބުރާއި ޢިއްޒަތަށް ގެއްލުންވާ ފަދަ ގޮތަކަށް ފޯނުން ވީޑިއޯ ރެކޯޑުކޮށްފައިވާ ކަމަށްވެސް އަމުރުގައި ވެއެވެ.
މި ތުހުމަތުތަކަށް އިފްހާމް އިންކާރުކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި މެޑިކަލް ރިޕޯޓުތަކާއި، އަނިޔާ ލިބުނު މީހުންގެ ބަޔާންތަކުގެ އިތުރުން ފޮޓޯއާއި ސީސީޓީވީ ފުޓޭޖް ފުލުހުންގެ ފަރާތުން ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު