ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ/ ފެނޭބާ، އައިޝަތު ޝާމުނާ އެވެ. އުުމުރުން 35އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭރު އޭނާ ބަންދުކުރީ 15 ދުވަހަށެވެ.

ޝާމުނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ޖަހައިދީފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ޝާމުނާ ދެއްކި ވާހަކަތަކާއ،ި ތަހުގީގުގައި ދީފައިވާ ބަޔާނުގައި ދައްކާފައި ހުރި ވާހަކަތަކުގައި ފުށު އެރުންތަކެއް އެބަހުއްޓެވެ. ނަމަވެސް އޭގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް