ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ބަލައިގަތް މުދަލު ޒަކާތުގެ މިންވަރު ބޮޑުތަނުން ކުރިއަށް ޖެހިލައި، %13.9 ގެ ކުރިއެރުމެއް ހޯދައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި އެންމެ ފަހުގެ ކުއާޓަރު ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި 29.86 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 26.22 މިލިއަން ރުފިޔާ ކަމަށްވުމުން، މިއީ ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ މުދަލުން ޒަކާތް ނެރުމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަން އިތުރުވަމުން އަންނަކަން ހާމަކޮށްދޭ އަދަދެކެވެ.
ލިބުނު ފައިސާ ޝަރުޢީ ހަމަތަކުގެ މަތިން ބެހުމުގައި، އެ މުއްދަތުގެ ތެރޭގައި 15.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ވަނީ އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ޚަރަދުކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެ ދާއިރާއަށް 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައެޅިއިރު، ފަގީރުންނާއި ނިކަމެތިންގެ ހައްޤުތަކަށް 5.46 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން ފާހަގަކުރި ގޮތުގައި، މި ރިޕޯޓުގައި ހިމަނާފައިވާ ހިސާބުތަކަކީ ފިނޭންސް މިނިސްޓްރީގެ މައި އެސް.އޭ.ޕީ ސިސްޓަމް މެދުވެރިކޮށް ނަގާފައިވާ މަޢުލޫމާތުތަކެކެވެ. އެހެންކަމުން މާލީ މުޢާމަލާތްތަކަށް ފަހުން އަންނަ ބަދަލުތަކާއި އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި އަދަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު