އޮޅުވާލައިގެން އޯޓީޕީ ކޯޑު ހޯދައިގެން މީހެއްގެ އެކައުންޓުން 21،000 ޑޮލަރާއި 63،000 ރުފިޔާ ފޭރުނު ނެޓްވޯކުގައި ހިމެނޭ މީހުން--
އޮޅުވާލައިގެން އޯޓީޕީ ކޯޑު ހޯދައިގެން މީހެއްގެ އެކައުންޓުން 21،000 ޑޮލަރާއި 63،000 ރުފިޔާ ފޭރުނު ނެޓްވޯކުގައި ހިމެނޭ މީހުން--
އޮޅުވާލައިގެން އޯޓީޕީ ކޯޑު ހޯދައިގެން މީހެއްގެ އެކައުންޓުން 21،000 ޑޮލަރާއި 63،000 ރުފިޔާ ފޭރުނު ނެޓްވޯކުގައި ހިމެނޭ ފ. ފީއަލި/ މަތަރެސްމާގެ, ޖިނާހު އަހުމަދު (29އ) ކުށަށް އެއްބަސްނުވި ނަމަވެސް ފައިސާ ދޭނެކަމަށް ބުނެފިއެވެ.

އެ މައްސަލައިގައި މިދިޔަ މަހު ފަހުކޮޅު ޖިނާހުއާއެކު ހަތަރު މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޏ. ފުވައްމުލައް/ ދޫޑިގަން, ގޯލްޑަންގޭޓް, އިބްރާހިމް ޝާރިފް (34އ) އާއި ފ. ނިލަންދޫ/ ނަޒުމު, އިބްރާހިމް މުއާޒު (38އ) އަދި ލ. ގަން/ މަތިމަރަދޫ, ލިލީނައިޓް, އަލީ ދާއިން (21އ) ހިމެނެއެވެ. އެ މީހުން ތިބީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ޖިނާހުގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަހަށް ބަންުދުކޮށްފައެވެ.

ޖިނާހުގެ ކޯޓު އަމުރުގައި ބުނީ އޭނާ ކުށަށް އިއުތިރާފްނުވާ ކަމަށާއި ނަމަވެސް އޭނާގެ އެކައުންޓަށް ފައިސާއެއް ވަދެފައިވާނަމަ އެ ފައިސާ ދައްކަން އެއްބަސްވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް