އިޒްރޭލުގެ އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓްގެ އިސްނެގުމުގެ ދަށުން ގައުމީ ކުއްލި ސަރުކާރެއް (ނޭޝަނަލް އެމަޖެންސީ ގަވަރމަންޓް) އެކުލަވާލުމަށް، ބެންޖަމިން ނަތަންޔާހޫގެ ލިކުޑް ޕާޓީއާއި ރިލިޖަސް ޒަޔަނިޒަމް ޕާޓީގެ މެންބަރުންނަށް އޭނާ ދައުވަތު ދެއްވައިފިއެވެ.
އައިޒެންކޮޓް ވިދާޅުވީ، ސިޔާސީ ގޮތުންނާއި ސަލާމަތީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ނާޒުކު ގޮންޖެހުންތަކަށް ބަލާއިރު، އިތުރު އިންތިޚާބަކަށް ދިއުމުގެ ފުރުސަތާއި ތަނަވަސްކަން އިޒްރޭލަށް މިވަގުތު ނެތް ކަމަށެވެ.
އާ ސަރުކާރެއް އެކުލަވާލުމުގެ ރަސްމީ ޒިންމާ އިޒްރޭލުގެ ރައީސް އިސްހާގު ހަރޒޯގު، އައިޒެންކޮޓްއާ ހަވާލުކުރެއްވުމާ ގުޅިގެން، އޭނާ ވަނީ ވާދަވެރި ހުރިހާ ފަރާތްތަކުން ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކައިރިކޮށް އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކުރައްވާފައެވެ. ނަތަންޔާހޫގެ ސަރުކާރަށް ކްނެސެޓްގެ 74 މެންބަރުންގެ އިތުބާރު ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ މެންބަރުން ދައްކަވާ އެއްބައިވަންތަކަމުގެ ވާހަކަތަކަކީ އިޚްލާޞްތެރި ވާހަކަތަކެއް ނަމަ، މި ދަނޑިވަޅުގައި އޭނާ އެކުލަވާލާ ސަރުކާރަކަށް ތާއީދުނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ކުއްލި ސަރުކާރުގައި ބައިވެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އަސާސީ 4 ޝަރުތެއް އައިޒެންކޮޓް ވަނީ ހުށަހަޅުއްވާފައެވެ. އެއީ:
1- އިޒްރޭލަކީ ޔަހޫދީ އަދި ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި ބަލައިގަތުން.
2- އިޒްރޭލުގެ މިނިވަންކަމުގެ އިޢުލާނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ގަބޫލުކުރުން.
3- ސިފައިންގެ ޚިދުމަތް ނުވަތަ މަދަނީ ޚިދުމަތުގެ ތެރެއިން ކޮންމެ ރައްޔިތަކުވެސް ގައުމީ ޚިދުމަތް އަދާކުރުން ލާޒިމުކުރުން.
4- ހަމާސް ޖަމާއަތުގެ އަސްކަރީ އަދި ވެރިކަން ކުރުމުގެ ހުރިހާ ބާރެއް ނައްތާލުމަށް އެއްބަސްވުން.
މީގެއިތުރުން، އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށްޓަކައި އާ ސަރުކާރެއް އުފެއްދުމަށް ހުރަސްއަޅާ ފަރާތްތަކަށް އައިޒެންކޮޓް ވަނީ އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ގައުމުގެ މަސްލަހަތު އިސްނުކޮށް ފަސްޖެހުނު ބައެއްގެ ގޮތުގައި އެފަދަ ފަރާތްތައް ތާރީޚުގައި ލިޔެވިގެންދާނެ ކަމަށެވެ.
މި އިލްތިމާސަކީ އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާނުލެވި، ސިޔާސީ މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރެވުނު ކަމެކެވެ. ސަރުކާރު އެކުލަވާލުމުގެ މެންޑޭޓް އައިޒެންކޮޓްއަށް ލިބުނު ނަމަވެސް، މިއީ ނަތަންޔާހޫ ސިޔާސީ މައިދާނުން އެއްކައިރިވުން ނުވަތަ ކޯލިޝަނެއް އުފެއްދުން ކަށަވަރުވި ކަމެއް ނޫނެވެ. އާ ސަރުކާރެއްގެ ކޯލިޝަން އެކުލަވާލުމަށް އައިޒެންކޮޓްއަށް ލިބިވަޑައިގަންނަވަނީ 28 ދުވަހުގެ މުއްދަތެކެވެ.

ކިޔުންތެރިންގެ ހިޔާލު