ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނު ފޯރިއާއެކު ކުރިއަށްދާއިރު، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފަރާތްތަކާއި ލޯންޗު އޮޕަރޭޓަރުންނާ ބައްދަލުކުރައްވައިފިއެވެ.

އެމްއެމްއޭ ސަރަޙައްދަށް ވަޑައިގެން އެމަނިކުފާނު ކުރިއަށް ގެންދެވި މި ހަރަކާތުގެ ތެރެއިން، ރަށްރަށުން ވެރިރަށަށް ދަތުރުކުރާ އާންމު ރައްޔިތުންނަށާއި، ކަނޑުދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ކަންބޮޑުވުންތައް ވަނީ ވަރަށް ގާތުން އޮޅުންފިލުއްވާފައެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ވާދަވެރިކަން އިތުރުވަމުންދާއިރު، ފައިސަލް ނަސީމް މި ކެމްޕޭނަށް ނުކުމެވަޑައިގެންނެވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވައިގެންނެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ތާއީދާއެކު ވާދަކުރައްވާ ފައިސަލް ގެންދަވަނީ، މުޖުތަމަޢުގެ އެކި ދާއިރާތަކާއި ފަންތިތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރައްވަމުންނެވެ. އަދި އެ ފަރާތްތަކުގެ އުންމީދުތަކާއި ޚިޔާލުތައް ހޯއްދަވައި، އަޑުއެއްސެވުމުގެ މަސައްކަތްޕުޅުވެސް ފުޅާ ދާއިރާއެއްގައި އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު