ފޮޓޯ: ފުޅުހުން
ފޮޓޯ: ފުޅުހުން
ކ. އަތޮޅުގެ ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެ ލޯންޗުގެ ކެޕްޓަން ފިހިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ރޭ ފަތިހު 5:30 ހާއިރު މި ހާދިސާ ރިޕޯޓުކޮށްފައިވާއިރު، އަލިފާން ރޯވެފައިވަނީ ރޭ ދަންވަރު 3:00 ހާއިރެވެ.

ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރީ 34 އަހަރުގެ ދިވެހި ކެޕްޓަން އެކަންޏެވެ.

އަދި މި ހާދިސާގައި އޭނާގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށާއި، އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު