ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރަސްމާލެ މަޝްރޫޢާ ދެކޮޅު ހެއްދެވުމާ ގުޅިގެން، ވެރިކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ސިޔާސަތުތަކުގައި އަމަލުކުރެއްވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މެންބަރު އަޒާން މިހެން ވިދާޅުވީ، ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ރޭ ބޭއްވި އެއްވުމުގައި، ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެ މަޝްރޫޢާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައިވާތީ އެ ކަމަށް އިޝާރާތް ކުރައްވަމުންނެވެ. އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލެއްވުމަށް މަސައްކަތްޕުޅުކުރެއްވި ކަމަށާއި، އޭރު އެކަމަށްޓަކައި ޤާނޫނުއަސާސީއަށް ވެސް އިޞްލާޙު ގެނެވޭ ފަދަ މާޙައުލެއް އޮތް ކަމަށެވެ. އެގޮތުން ވަކި މިންވަރަކަށް އިންވެސްޓްކޮށް ބިމުގެ 70 އިންސައްތަ ހިއްކުމުން، އެ ބިމުގެ ދާއިމީ މިލްކުވެރިކަން (ފްރީހޯލްޑް) ލިބޭގޮތަށް އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަދަ ބޭފުޅަކަށް ވެސް އެ ބިން ވިއްކާލުމުގެ އިޚްތިޔާރު އޮންނަގޮތަށް އޭރު ކަންކަން ރޭވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭރު އެ ކަންކަމަކީ އެންމެ ރަނގަޅު ކަންކަމުގެ ގޮތުގައި ސިފަކޮށް، އެއީ "މެގަ އިންވެސްޓްމަންޓެއް" ކަމަށް ބުނެފައިވާކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
ނަމަވެސް، މިއަދު ބިމުގެ ދާއިމީ މިލްކުވެރިކަން ދިނުން ނުވެސް ހިމެނޭ ރަސްމާލެ މަޝްރޫޢާ އެމަނިކުފާނު ދެކޮޅު ހައްދަވަމުންދާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ އިމިގްރޭޝަން ބިލާއި ރިއަލް އެސްޓޭޓް ބިލުގައި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހިމެނިފައިވާކަމަށެވެ.
އަޒާން އިތުރަށް ވިދާޅުވީ، ރައީސް ޔާމިން ވެރިކަމުގައި ހުންނެވިއިރު އިންވެސްޓަރުންނަށް ބިމުގެ ދާއިމީ މިލްކުވެރިކަން ދިނުމަކީ ދުރުވިސްނޭ ތަޞައްވުރެއް ކަމުގައި ދެކެވަޑައިގެންނެވި ނަމަވެސް، މިއަދު އެފަދަ މިލްކުވެރިކަމެއް ނުދީ ހިންގާ އިންވެސްޓްމަންޓެއް ވެސް އެމަނިކުފާނަށް ބޮޑު މައްސަލައަކަށްވެފައިވާ ކަމަށެވެ. މިއީ ހާލަތާ ގުޅޭގޮތުން އަމިއްލަ މަޞްލަޙަތަށް ބަދަލުކުރެވޭ އުޞޫލުތަކެއް ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓަރުންނާ ގުޅިގެން ފ. އަތޮޅުގައި 10 ބިލިއަން ޑޮލަރުގެ ބިޔަ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އޭރުގެ ސަރުކާރުން އެއީ ރިސޯޓުތަކާއި، ޒަމާނީ ސިޓީއެއްގެ އިތުރުން ބައިނަލްއަޤްވާމީ އެއާޕޯޓެއް ހިމެނޭ އިޤްތިޞާދީ މަޝްރޫޢެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙާއެކު، އެއީ މުޅި ފ. އަތޮޅު ބޭރު ބަޔަކަށް ވިއްކާލަން އުޅުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ޢާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެ ދުވަސްވަރު ރާއްޖޭގައި ފެތުރުނު ސްވައިން ފްލޫއާ ގުޅިގެން ސަޢޫދީ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްވުމާއި، ސިޔާސީ ހަލަބޮލިކަމާއި ޢާންމުންގެ ނުރުހުން ބޮޑުވުމުގެ ސަބަބުން ސަޢޫދީ އިންވެސްޓަރުން އެ މަޝްރޫޢު ދޫކޮށްލުމުން، އެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު