ހަކުރު ހުންނަ މިންވަރު ބަލާ ޑިވަިސްްއެއް
ހަކުރު ހުންނަ މިންވަރު ބަލާ ޑިވަިސްްއެއް
ދިވެހިރާއްޖޭގައި ހަކުރުބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 7،300 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މާދަމާ ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓައިޕް 1 ޑައިބެޓީސްއަށް 300 މީހުން އަދި ޓައިޕް 2 ޑައިބެޓީސްއަށް 7،000 މީހުން ފަރުވާ ހޯދަމުންދާ ކަމަށެވެ.

މީގެ އިތުރުން، މާބަނޑު ދުވަސްވަރު ލޭގައި ހަކުރުގެ މިންވަރު މަތިވުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދަމުންދާ ކަމަށްވެސް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިއީ ހަމައެކަނި މާބަނޑު ދުވަސްވަރު ދިމާވާ ޞިއްޙީ ޙާލަތެއް ކަމުން، ދާއިމީކޮށް ބޭސް ބޭނުންކުރަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.

ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ އިތުރުވުމުން ދިމާވާ ޞިއްޙީ މައްސަލައެކެވެ. މީގެ މައިގަނޑު ދެ ވައްތަރެއް ވެއެވެ. އެއީ:

ޓައިޕް 1 ޑައިބެޓީސް: މިއީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ.

ޓައިޕް 2 ޑައިބެޓީސް: މިއީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް، އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުމާއި ހެލިފެލިވެ އުޅުން މަދުވުން ފަދަ ސަބަބުތަކާ ހުރެ، އުފައްދާ އިންސިއުލިން ހަށިގަނޑަށް ބޭނުން ނުކުރެވުމުން ޖެހޭ ބައްޔެކެވެ.



ކިޔުންތެރިންގެ ހިޔާލު