އިންސިއުލިންއަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދިނުމަށްޓަކައި ޕެންކްރިއާސް ނަމަކަށް ކިޔާ ގުނަވަނުން އުފައްދާ ހޯމޯނެކެވެ. އެ ހޯމޯންގެ އެހީގައި ހަށިގަނޑުގެ އެކި ސެލްތަކަށް ހަކަތަ ފޯރުކޮށްދެ އެވެ. މި ދެންނެވި އިންސިއުލިން އެންމެ ރަނގަޅު ގޮތުގައި އޭގެ މަސައްކަތް ނުކުރުމަކީ "އިންސިއުލިން ރެސިސްޓަންސް" އެވެ. މާނައަކީ އިންސިއުލިން ސެލްތަކަށް ހަކަތަ ފޯރުކޮށް ނުދިނުމަކީ އިންސިއުލިން ރެސިސްޓެންސް ކުރިމެވެ.
އިންސިއުލިން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެނީ އަޅުގަނޑުމެން ބޭނުންކުރާ ހަކުރުންނެވެ. އެހެން ނަމަވެސް މިނަށްވުރެ ހަށިގަނޑަށް އެތެރެވާ ހަކުރު ގިނަވުމުން އިންސިއުލިންގެ ބާރުދަށްވެ އެތެރެވާ ހުރިހާ ހަކުރު ނުވަތަ "ގުލްކޯޒް" ސެލްތަކަށް ފޯރުކޮށްދިނުމަށް އިންސިއުލިން ނުކުޅެދެއެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑުގެ ލޭގައި ދައުރުވާ ގުލްކޯޒްގެ މިންވަރު އިތުރުވެ ދާއިމީ ބައްޔެއް ކަމަށްވާ ހަކުރު ބައްޔަށް މީހާ ހުށައެޅިގެން ދިއުމެވެ.
އޮބޭސިޓީ ނުހުންނަ ފަރާތްތަކަށް މަސްތެޔޮ ގުޅައިން އިންސިއުލިން ރެސިސްޓެންސް ރަނގަޅު ކުރެވޭނެކަމަށް ހަކުރު ބައްޔާ ގުޅުންހުރި އާ ދިރާސާއަކުން ދައްކައިފިއެވެ. "ނިއުޓްރިއެންޓްސް" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކައިދެނީ އޯމެގާ-3 ފެޓީ އެސިޑްތަކުން ހަށިގަނޑުގެ ގްލޫކޯޒް (ހަކުރު) ބޭނުންކުރާ ގޮތް ރަނގަޅުކޮށްދޭކަމެވެ. އަދި މިއީ އިންސިއުލިން ރެސިސްޓަންސް ކުޑަކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް ވެސް ދައްކުވައިދެއެވެ.
މިކަން މިހެން ދިމާވަނީ މަސްތެޔޮ ގުޅައިގައި ހުންނަ މާއްދާއެއް ކަމަށްވާ އޮމެގާ-3 ފެޓީ އެސިޑުގެ ސަބަބުން ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ. ދިރާސާވެރިން ބުނެފައިވަނީ މި މާއްދާއަކީ ހަށިގަނޑުގައި ގްލޫކޯޒް ރެގިއުލޭޓު ކުރުމުގައި ބޮޑު ދައުރެއް އަދާކުރާ މާއްދާއެއް ކަމަށާއި، އޮމެގާ-3 ފެޓީ އެސިޑުގެ ސަބަބުން ގްލޫކޯޒް މެޓަބޮލިޒަމަށް ބޮޑު ފައިދާއެއްކުރާ ކަމަށެވެ.
ޓައިޕް 2 ހަކުރު ބައްޔަކީ ގިނަ އަދަދެއްގެ މީހުން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. މީހާ މާ ބޮޑަށް ފަލަވެ، އޮބީސްވުމަކީ އޭގެ ސަބަބުން ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރު ކޮށްދޭ ކަމެކެވެ. މިކަން މިހެން ދިމާވަނީ ފަލަ މީހުންގެ އެޑިޕޯސް ޓިޝޫތަކުން "ޕްރޯ އިންފްލެމޭޓަރީ ސައިޓޯކައިން" ތައް އުފައްދާތީއެވެ. މި މާއްދާތަކަކީ އިންސިއުލިންގެ މަސައްކަތްތަކަށް ބުރޫ އަރުވާ މާއްދާތަކެއް ކަމުން، އިންސިއުލިން ރެސިސްޓެންސްއަށް މަގުފަހިވެއެވެ.
ފަލަ ނޫން މީހުންނަށް އާންމުކޮށް ހަކުރު ބަލި ޖެހެނީ ޖެނެޓިކްސް ނުވަތަ ވާރުތަވުމުގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު، ގޮހޮރުގެ ތަފާތު އެކި މައްސަލަތައް ހުންނަ ނަމަވެސް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަނަރޫފަ މީހުންގެ ހަށިގަނޑުގައި އެޑިޕޯސް ޓިޝޫ ނެތްނަމަވެސް، ގޮހޮރުގެ މައްސަލަތަކުގެ ސަބަބުން ހަށިގަނޑުގެ އެކި ނިޒާމުތަކުގައި ވަރަށް ބޮޑަށް އިންފްލެމޭޝަން ހުރެއެވެ. މިކަމުގެ ސަބަބުން އެމީހުންވެސް އިންސިއުލިން ރެސިސްޓެންސް އަށް މަގުފަހި ވެއެވެ.
މި ދިރާސާއިން ހޯދިފައި މިވާ ގޮތުގައި މަސްތެޔޮގުޅަ ބޭނުން ކުރުމުން ފަލަ ނޫން މީހުންގެ ހަށިގަނޑުގައިވާ އިންފްލެމޭޝަނަށް ބަދަލުތަކެއް ގެނެވެއެވެ. އަދި އޭގެ ސަބަބުން ލޭގައި ހަކުރު ހުންނަ ވަރާއި، ލިޕިޑް ޕްރޮފައިލްތަކާއި، އިމިއުން ރެސްޕޯންސް ރަނގަޅު ކޮށްދެއެވެ. އަދި މި ސަބަބުތަކާހުރެ އެމީހުން އިންސިއުލިން ރެސިސްޓެންސާ ދުރުކޮށްދެއެވެ.
ހަކުރު ބައްޔަށް ގުދުރަތީ ފަރުވާއެއް އޮތްކަން މިހާރު މިވަނީ ދެނެގަނެވިފައެވެ. މަސްތެޔޮ ގުޅައިގައިވާ އޮމެގާ-3 ފެޓީ އެސިޑުތަކުގެ ސަބަބުން އިންސިއުލިން ރެސިސްޓެންސް ކުޑަކުރެވި، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް އައު މަގުތަކެއް ހުޅުވިގެންދާނެކަން މި ދިރާސާއިން މިވަނީ ހޯދިފައެވެ. މީގެ އިތުރުން އޮމެގާ-3 ފެޓީ އެސިޑު ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުމުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެކަވްވެސް މިވަނީ ހޯދިފައެވެ. ވީމާ މިއީ ހަކުރު ބަލި ހުންނަ ފަރާތްތަކަށް ލިބިގެންދާ އާ އުންމީދެކެވެ.

ކިޔުންތެރިންގެ ހިޔާލު