މުޙައްމަދު އަޢުޡަމް   16 ނޮވެމްބަރު 2026 - 20:33
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ
ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ
މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ، މަގާމުން ވަކިކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ހިންގުމުގެ ތެރޭގައި ފާހަގަކުރެވުނު އިދާރީ މައްސަލައަކާ ގުޅިގެން ޝިއުނާ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ހުރީ މަސައްކަތުން އެކަހެރިކޮށް، ސަސްޕެންޑުކޮށްފައެވެ. ނަމަވެސް، މި ފިޔަވަޅު އަޅަން މެދުވެރިވި މައްސަލައިގެ ހަގީގަތާއި އިތުރު އެއްވެސް ތަފްސީލެއް އެ އިދާރާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުން ޝިއުނާ މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ޕެންޝަން އޮފީހުން ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން އަދި ބަހެއް ނުބުނެއެވެ.

ޕެންޝަން އޮފީހުގެ އިސް މަގާމަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަން ކުރައްވާފައިވާއިރު، ރާއްޖޭގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ ގޮތުގައިވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު