ތައިލެންޑުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެއް ކަމަށްވާ ފުކެޓްގެ ޕަޓޮންގް ސަރަހައްދުގައި ހުރި އިމާރާތެއްގައި ރޯވި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ، އިތުރު 16 މީހަކަށް އަނިޔާވެއްޖެ ކަމަށް ތައިލެންޑުގެ ފުލުހުން ބުނެފިއެވެ.
ހޯމަ ދުވަހުގެ ފަތިހު މި ހާދިސާ ހިނގާފައިވަނީ ރެސްޓޯރެންޓަކާއި، ކުއްޔަށްދޭ ކޮޓަރިތަކާއި އަދި ސައިކަލު ކުއްޔަށްދޭ ތަނެއް ހުންނަ އިމާރާތެއްގައެވެ.
ފުކެޓަކީ އާންމުކޮށް ވަރަށް ގިނައިން ދިވެހިންވެސް ޗުއްޓީ ހޭދަކޮށްލުމަށާއި އެކި ބޭނުންތަކުގައި ގޮސް އުޅޭ ސަރަހައްދެކެވެ.
ނަމަވެސް، މި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއްވެސް ފަތުރުވެރިއަކު ނުހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަނިޔާވި 16 މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑުގެ 15 މީހަކާއި މިޔަންމާގެ މީހެކެވެ. މީގެ ތެރެއިން ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވަނީ ދުމުގެ އަސަރު ކުރުމާއި ބިއްލޫރި ތަޅައިގެން ގޮސް ލިބުނު ޒަޚަމްތަކާ ގުޅިގެންނެވެ.
ފުލުހުން ބުނާގޮތުގައި އަލިފާން ރޯވާން މެދުވެރިވީ އެ އިމާރާތް ކައިރީގައި ހުރި ކަރަންޓު ޓްރާންސްފޯމަރެއް ގޮވުމުގެ ސަބަބުންނެވެ.
އަދި ސައިކަލު ކުއްޔަށްދޭ ތަނުގައި ހުރި ގޭހާއި، އިންޖީނު ތެލާއި، ޕްލާސްޓިކް އަދި ޓަޔަރު ފަދަ އަލިފާން ހިފާ ބާވަތުގެ ތަކެތީގެ ސަބަބުން އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ފެތުރިގެން ދިޔަ ކަމަށް ފުކެޓްގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. މިއީ ޖުލައި މަހުގެ ފަހުން ތައިލެންޑުގައި ގިނަ ބަޔަކު މަރުވި ދެވަނަ އަލިފާނުގެ ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު