ހިތުގެ ދުޅަހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންތެރި މާއްދާއެއް ކަމަށްވާ އޮމެގާ-3 އާ ބެހޭގޮތުން ވާހަކަދެކެވޭއިރު، ގިނަ ބައެއްގެ ހަނދާނަށް އެންމެ ފުރަތަމަވެސް އަންނަނީ ކަނޑުމަހުގެ ބާވަތްތަކެވެ. ނަމަވެސް، ގަސްގަހާގެހިން އުފައްދާ ބާވަތްތައް ބޭނުންކޮށްގެންވެސް މި މުހިންމު މާއްދާ ފުރިހަމައަށް ހޯދިދާނެއެވެ.
މި މާއްދާއަކީ ހަށިގަނޑުގެ ސެލްތަކުގެ އޮނިގަނޑު ވަރުގަދަކުރުމަށާއި، ހިތާއި، ފުއްޕާމޭ އަދި ލޭހޮޅިތަކުގެ މަސައްކަތްތައް ފުރިހަމައަށް ބެލެހެއްޓުމަށް ބޭނުންވާ ދުޅަހެޔޮ ސަރުބީއެކެވެ. މީގެއިތުރުން، މިއީ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ، ހަނދާން ނެތޭ ބައްޔާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ޚާއްޞަކޮށް ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށާއި ލޭގައި ހުންނަ ނުރައްކާތެރި ސަރުބީ މަދުކުރުމަށްވެސް މިއީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
އޮމެގާ-3 ހޯދިދާނެ ގަސްގަހާގެހީގެ 08 ބާވަތްތައް
1. ފްލެކްސްސީޑް ތެޔޮ: ގަސްގަހާގެހިން ލިބޭ ތެލުގެ ބާވަތްތަކުގެ ތެރެއިން އޮމެގާ-3 އެންމެ ގިނައިން އެކުލެވޭ އެކައްޗަކީ މިއީއެވެ. މީގެ އެންމެ ސަމުސަލަކުންވެސް ދުވާލަކަށް ބޭނުންވާ މިންވަރު ފުރިހަމަވެއެވެ. މިއީ ސެލަޑް ފަދަ ތަކެއްޗަށް އަޅައިގެން ބޭނުންކުރަން ރަނގަޅު ތެލެކެވެ.
2. ޗިއާ އޮށް: މިއީ ކިތަންމެ ކުޑަ އޮށެއް ކަމުގައި ވިޔަސް، މިއީ އޮމެގާ-3 އާއި، ފައިބަރު އަދި ޕްރޮޓީންގެ މުއްސަނދި ވަސީލަތެކެވެ. ސްމޫތީ ނުވަތަ އޯޓްސް ފަދަ ތަކެއްޗަށް މި އޮށް އެއްކޮށްލައިގެން ބޭނުންކުރެވިދާނެއެވެ.
3. ފްލެކްސްސީޑް (މުގުރާފައި): މި އޮށް ބޭނުންކުރަން އެންމެ ރަނގަޅީ މުގުރާލައިގެންނެވެ. އޭރުން ހަށިގަނޑަށް އެ ހަޖަމުކުރަން ފަސޭހަވެ، އޭގައިވާ މާއްދާތައް ފުރިހަމައަށް ލިބިދެއެވެ. މިއީ ކޭކު ނުވަތަ ފާރޮށި ކުނޑީގެ ބަދަލުގައިވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.
4. ވޯލްނަޓްސް: މިއީ އޮމެގާ-3 ގެ އިތުރުން ޕްރޮޓީންނާއި މެގްނީޒިއަމް ލިބޭ މޭވާއެކެވެ. ސައިބޯ ގަޑީގައި ކާލުމަށް ނުވަތަ ކާތަކެތީގެ މައްޗަށް އަޅާލައިގެން ބޭނުންކުރުމަށް މިއީ ވަރަށް ފަސޭހަ ބާވަތެކެވެ.
5. ކެނޯލާ ތެޔޮ: އާންމުކޮށް ކެއްކުމަށް ބޭނުންކުރާ މި ތެލަކީވެސް އޮމެގާ-3 ލިބިދޭ އެއްޗެކެވެ. މިއީ ރަހައެއް ނުހުންނަ ތެލަކަށް ވާތީ، އެކި ކަހަލަ ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރަން ފަސޭހަވާނެއެވެ.
6. ސޯޔާބީން ތެޔޮ: މި ތެލުގެ އިތުރުން ސޯޔާއިން އުފައްދާފައިވާ ޓޯފޫ ފަދަ ތަކެތިންވެސް ކޮންމެވެސް މިންވަރަކަށް އޮމެގާ-3 ލިބެއެވެ. މިއީ އެހެން ބާވަތްތަކާއެކު ބޭނުންކޮށްލުމުން ހަށިގަނޑަށް ބޭނުންވާ މިންވަރު ހަމަކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
7. ކަނޑުފޭލި: މަހުގެ ބާވަތްތަކުން ލިބޭ ފަދަ އޮމެގާ-3 ސީދާ ގަސްގަހާގެހިން ލިބޭ ހަމައެކަނި ވަސީލަތަކީ މިއީއެވެ. ކަނޑުގެ އަޑީގައި ހެދޭ އެކި ކަހަލަ ފެހީގެ ބާވަތްތައް ސޫޕް ނުވަތަ ސެލަޑްގައި ބޭނުންކުރުމުން މި މާއްދާ ލިބިދެއެވެ.
8. އަލްގޭ ތެޔޮ: މަހަށްވެސް އޮމެގާ-3 ލިބެނީ ކަނޑުގެ ފެހި ކައިގެން ކަމަށްވާތީ، މިއީ އެ ފެހިން ސީދާ އުފައްދާފައިވާ ތެލެކެވެ. މިއީ މަސް ނުކާ މީހުންނަށް އޮމެގާ-3 ހޯދަން އޮތް އެންމެ ފުރިހަމަ އެއް ގޮތެވެ. ކެއްކުމުގައިވެސް އާންމު ތެލުގެ ބަދަލުގައި މިއީ ބޭނުންކުރެވިދާނެ އެއްޗެކެވެ.
މި ބަޔާންކުރެވުނު ގަސްގަހާގެހީގެ ބާވަތްތަކަކީ އޮމެގާ-3 ގެ މުއްސަނދި ވަސީލަތްތަކަކަށް ވާއިރު، މިއީ މަހުގެ ބާވަތްތަކާ ދުރުހެލިވާ ފަރާތްތަކަށް ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ހަށިގަނޑަށް މި މާއްދާ އަމިއްލައަށް އުފައްދައިނުދެވޭތީ، ކޮންމެ ދުވަހެއްގެ ކެއުމުގައި މިފަދަ ބާވަތްތައް ހިމެނުމަކީ ހިތުގެ ބަލިތަކުންނާއި އެހެނިހެން ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، ތިމާގެ ދިރިއުޅުމުގެ އާދަކާދައާއި ކެއިންބުއިމުގެ ތަރުތީބަށް ބަލައި، މީގެ ތެރެއިން ތިމާއަށް އެންމެ އެކަށީގެންވާ ބާވަތްތައް އިޚްތިޔާރުކޮށް، ދިގު މުއްދަތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު