ޖިންސީ ދުޅަހެޔޮކަމަކީ އިންސާނާގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމާ ގުޅިފައިވާ، ދިރިއުޅުމުގެ މުހިންމު ބައެކެވެ. ނަމަވެސް، ހަކުރުބަލި ފަދަ ދާއިމީ ބަލިތަކާ ބެހޭގޮތުން ވާހަކަދައްކާއިރު، މިކަމަށް ދެވޭ ސަމާލުކަން ކުޑަވެފައި އޮވެއެވެ. ހަކުރުބަލީގެ ސަބަބުން ހަމައެކަނި ލޭގައި ހަކުރު ހުންނަ މިންވަރަށް ބަދަލު އަންނަނީއެއް ނޫނެވެ. ދިގު މުއްދަތަކަށް ބަލާއިރު، މީގެ ސަބަބުން ހަށިގަނޑުގެ ވަރުބަލިކަމާއި، މިޒާޖާއި، ހޯރމޯންތަކުގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ދުޅަހެޔޮކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
މި ދެކަންތަކުގެ ދެމެދުގައިވާ ގުޅުން ދެނެގަތުމަށްޓަކައި، ހަށިގަނޑު މަސައްކަތްކުރާ ގޮތް ބަލައިލުން މުހިންމެވެ. ޖިންސީ އެދުންވެރިކަމާއި އިޖާބަދިނުމަށްޓަކައި، ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުވާންޖެހެއެވެ. އަދި ނާރުތަކުގެ މަސައްކަތް ހަމައަކަށް އެޅިފައިވުމާއި، ހޯރމޯންތައް ހަމަހަމަކޮށް ހުރުމުގެ އިތުރުން ނަފްސާނީ ގޮތުން ހަމަޖެހިފައި އޮތުމަކީ ވެސް ލާޒިމު ކަންކަމެވެ.
ހަކުރުބަލީގެ ސަބަބުން މި ހުރިހާ ކަމަކަށް ވެސް ހުރަސްއެޅެއެވެ. ލޭގައި ހަކުރު ހުންނަ މިންވަރު މަތިކޮށް ގިނަދުވަސްވުމުން، ލޭހިނގާ ހޮޅިތަކަށް ގެއްލުންވެ، ލޭދައުރުވުން ދަށްވެއެވެ. މީގެ އިތުރުން، ނާރުތަކަށް ގެއްލުންވުމުގެ ސަބަބުން (ޑަޔަބެޓިކް ނިއުރޯޕަތީ)، ހަށިގަނޑަށް އިޙްސާސްވާ މިންވަރާއި އިޖާބަދޭ މިންވަރު ކުޑަވެގެންދެއެވެ. އަދި ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ހަށިގަނޑު ވަރުބަލިވުމުގެ ސަބަބުން ޖިންސީ އެދުންވެރިކަން ކުޑަވުމަށް މެދުވެރިވެއެވެ.
ފިރިހެނުންގެ ތެރޭގައި އެންމެ އާންމުކޮށް ދިމާވާ މައްސަލައަކީ ޖިންސީ ގުނަވަނަށް ލޭ ފޮނުވައިދޭ މިންވަރު މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކެވެ. ލޭދައުރުވުން ދަށްވުމާއި، ނާރުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އިޙްސާސްތައް ކުޑަވެ، މިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މީގެ އިތުރުން، ހަކުރުބަލީގެ ސަބަބުން 'ޓެސްޓޮސްޓެރޯން' ހޯރމޯން ދަށްވެ، ޖިންސީ އެދުންވެރިކަން ކުޑަވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމަށް މަގުފަހިވެއެވެ.
މިފަދަ ބަދަލުތަކަކީ އާންމުކޮށް މަޑުމަޑުން ފެންނަ ބަދަލުތަކެކެވެ. ޚާއްޞަކޮށް ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅަށް ކޮންޓްރޯލް ނުކުރެވޭނަމަ މި މައްސަލަތައް އިތުރަށް ގޯސްވެއެވެ.
އަންހެނުންނަށް ވެސް މިކަމުގެ ސަބަބުން ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. ހަކުރުބަލީގެ ސަބަބުން ހަށިގަނޑުގެ ތެތްކަން މަދުވުމުގެ ސަބަބުން ޖިންސީ ގުޅުން ހިންގާއިރު އުނދަގޫތަކާއި ތަދު އިޙްސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަށިގަނޑަށް ކުރާ އިޙްސާސްތައް ކުޑަވުމުގެ ސަބަބުން، އެންމެ ފުރިހަމަ އަރާމާއި އުފާ ހޯދުމަށް ދަތިވެއެވެ. ވަރުބަލިކަމާއި، ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި، ނަފްސާނީ ގޮތުން އުފުލަންޖެހޭ ތަކުލީފުތަކުގެ ސަބަބުން ޖިންސީ އެދުންވެރިކަން ދަށްވެއެވެ. މިފަދަ ކަންކަމަކީ އާންމުކޮށް ފާޅުގައި ދައްކާ ވާހަކަތަކަށް ނުވާތީ، މިއީ ހަކުރުބައްޔާ ގުޅިފައިވާ ކަންކަން ކަމުގައި ގިނަ އަންހެނުންނަށް ދެނެގަންނަން އުނދަގޫވެއެވެ.
ހަކުރުބަލީގެ ސަބަބުން ޖިންސީ ދުޅަހެޔޮކަމަށް ކުރާ އަސަރަކީ ހަމައެކަނި ޖިސްމާނީ ކަމެއް ނޫނެވެ. ދިގު މުއްދަތަކަށް ބަލި ތަޙައްމަލު ކުރަންޖެހުމަކީ ސްޓްރެސް އާއި، ހާސްކަމާއި، މާޔޫސްކަން ކުރިމަތިވާ ކަމެކެވެ. ތިމާގެ ފެންވަރާ މެދު ނުވަތަ ހަށިގަނޑަށް އަންނަ ބަދަލުތަކާ މެދު ކަންބޮޑުވުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ޖިންސީ ގުޅުންތަކާ ދުރުވުމަށް މެދުވެރިވާ ސަބަބެކެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތައް:
ހަކުރުބަލި ރަނގަޅަށް މެނޭޖްކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި ޖިންސީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އޮތް އެންމެ މުހިންމު ބިންގަލެވެ. ކޮންމެ ދުވަހެއްގެ އާދަކާދަތަކަށް ގެންނަ ކުދިކުދި ހެޔޮ ބަދަލުތަކުން ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ.
ކާނާ އިޚްތިޔާރުކުރުމުގައި ސަމާލުވާންޖެހެއެވެ. ހަމައެކަނި މަދުކޮށް ކެއުމުގެ ބަދަލުގައި، ސިއްޙަތަށް ފައިދާހުރި ހަމަހަމަ ކާނާ އިޚްތިޔާރުކުރާށެވެ. މިގޮތުން ތަރުކާރީގެ ބާވަތްތައް ގިނަކޮށް ހުދު ހަނޑުލާއި ފުށުގެ ބަދަލުގައި މުގާއި ހޯލް-ގްރެއިން ބޭނުންކޮށް، މަހާއި، ބިހާއި، ތޮޅީގެ ބާވަތްތަކުން ޕްރޮޓީން ހޯދުން ރަނގަޅެވެ. އަދި ތެޔޮ ބެނުން ކުރުމުގައި ޒައިތޫނި ތެޔޮ ފަދަ ސިއްޙަތަށް ފައިދާހުރި ތެޔޮ ބެނުންކުރުންވެސް އެއީ ވަރަށް މުހިއްމު ކަމެކެވެ. ފޮނި ބުއިންތަކާއި، މާ ގިނައިން ފޮނި އެއްޗެހި ކެއުމާއި، ޕްރޮސެސްކޮށްފައި ހުންނަ ކާނާ ބޭނުންކުރުމުން ދުރުވާށެވެ.
ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަށް ކަސްރަތު ކުރުމަކީ ލޭދައުރުވުން ރަނގަޅުކޮށްދީ، ބަރުދަން ކޮންޓްރޯލްކޮށް، އިންސިއުލިންގެ މަސައްކަތް ހަރުދަނާކޮށްދޭ ކަމެކެވެ. ބާރަށް ހިނގުން، ބައިސްކަލް ދުއްވުން ފަދަ ކަންކަން ދުވާލަކު 30 މިނެޓު ވަންދެން ކުރުމުން ވެސް ބޮޑު ބަދަލެއް އަންނާނެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު ގަވާއިދުން ބެލުމަކި ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ކާނާއާއި، ސްޓްރެސް އަދި ހަރަކާތްތެރިވުމުން ހަށިގަނޑަށް ކުރާ އަސަރު ދެނެގަނެވި، ރަނގަޅު ނިންމުންތައް ނިންމަން ފަސޭހަވާނެއެވެ.
ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް ބަރުދަނުން މަދު މިންވަރެއް ލުއިކޮށްލުމަކީ ވެސް ހަށިގަނޑަށް ލިބޭ ފަސޭހައެކެވެ. ފުރިހަމަ ނިދި މަދުވުމަކީ ލޭގައި ހަކުރު ހުންނަ މިންވަރަށް ނޭދެވޭ އަސަރުކޮށް، ސިއްޙަތަށް ގެއްލުންހުރި ކާނާއަށް އޮންނަ ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ.
ސްޓްރެސް މެނޭޖްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެއެވެ. ފުންކޮށް ނޭވާލުމާއި، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުން ފަދަ ކަންކަމުން ނަފްސާނީ ހަމަޖެހުން ހޯދިދާނެއެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމައި އަމަލު ވަޒާތުގެ އެއްޗެހި ބެނުން ކުރުމަކީ ލޭހިނގާ ހޮޅިތަކަށް ގެއްލުންވެ، ލޭދައުރުވުމަށް ހުރަސްއެޅޭ ކަމެކެވެ. ވީމާ މިކަމަށް ވަރަށް ފަރުވާތެރިވާން ޖެހޭނެއެވެ. ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުން ވެސް އެއީ ފަރުވަކުޑަކޮށް ލައިގެން ވާނެ ކަމެއްނޫނެވެ. ޤަވާއިދުން ބޭސް ބޭނުންކުރުމާއި، ޗެކްއަޕްތައް ހެދުމަކީ ބަލީގެ ސަބަބުން ކުރިމަތިވެދާނެ އިތުރު އުނދަގޫތަކުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމެވެ.
އުފާވެރި ޚަބަރަކީ، ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ ޖިންސީ ދުޅަހެޔޮކަމުގެ މައްސަލަތަކަކީ، ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅަށް ކޮންޓްރޯލްކޮށްގެން ރަނގަޅު ކުރެވިދާނެ ކަންކަމެވެ. ދިރިއުޅުމުގެ އާދަތަކަށް ގެންނަ ހެޔޮ ބަދަލުތަކާއި، ޑޮކްޓަރީ އެހީތެރިކަމާއި، ބައިވެރިޔާއާއެކު އޮންނަ ފާޅުކަން ބޮޑު މުޢާމަލާތްތަކަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަމެވެ.
މިފަދަ މައްސަލަތަކަކީ އަބަދުގެ އަބަދަށް ތަޙައްމަލު ކުރަންޖެހޭނެ ކަންކަމެއް ނޫނެވެ. ބަލި މެނޭޖްކުރުމަށް އިސްކަންދީފިނަމަ، ގިނަ ބަޔަކަށް އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އަނބުރާ ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނެއެވެ. އެކަށީގެންވާ ފަރުވާއާއި އާދަކާދަތަކާއެކު، ހަކުރުބަލީގައި އުޅެމުންވެސް އުފާވެރި އަދި ދުޅަހެޔޮ ޖިންސީ ދިރިއުޅުމެއް ހޯދިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު