ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ފެށުމަށް ބާއްވާ ރަސްމިއްޔާތަށް ފަހު މިރޭ ހަވާއެރުވުން އޮންނާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.
ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މާފަންނު ޓްރެކް ސަރަޙައްދުގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އާންމު ރައްޔިތުން ބައިވެރިވާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ މާފަންނު ޓްރެކް ސަރަޙައްދުގައި ކުރިއަށްގެންދާ މި ރަސްމިއްޔާތަށްފަހު ހަވާ އަރުވުން އޮންނާނީ މިރޭ 09:40 އާއި 10:30 އާ ދެމެދު 3 މިނެޓުގެ ވަގުތުކޮޅަކަށް ކަމަށެވެ. މި ހަވާއެރުވުމަކީ ޤައުމީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާޙުކޮށްދެއްވާ އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާކުރުމަށް ވެސް މި ކެމްޕޭނުގައި އިސްކަން ދެވިފައިވެއެވެ.
ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަ، އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސް މުޢިއްޒު ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް، ދިވެހިންގެ ސަގާފަތާއި ދީނީ އަދި އަޚްލާޤީ ސިފަތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ.
މި ކެމްޕޭނުގެ ދަށުން ކުރިއަށް އޮތް ތަނުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތަކާއި، ސްކޫލްތަކާއި މުއައްސަސާތަކުގައި ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. ސަރުކާރުގެ އަމާޒަކީ ދިވެހި މުޖުތަމަޢަކީ އެކަކު އަނެކަކަށް ކަމޭހިތާ، އޯގާތެރި އަދި އެއްބައިވަންތަ ބަޔަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު