ރާއްޖޭގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން، ހުޅުމާލޭގައި އަޅަން ނިންމާފައިވާ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރަން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
864،000 ރުފިޔާގެ ބިޑް ސެކިއުރިޓީއަކާއެކު އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 25އާ ހަމައަށް ފިނޭންސް މިނިސްޓްރީން ކުރިން އޮތީ ހުޅުވާލައިފައެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަޝްރޫއުގެ ސްކޯޕަށް ބަދަލު އައިސްފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 23އާ ހަމައަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ. މުއްދަތު އިތުުރުކުރިއިރު ބިޑް ސެކިއުރިޓީ މިހާރު ވަނީ 900،000 ރުފިޔާއަށް ބޮޑުވެސްކޮށްފައެވެ.
ކުރިން ބޭރުގެ އެހީއާއެކު ނަފްސާނީ ހޮސްޕިޓަލު އަޅަން ނިންމާފައި އޮތޯ ލ.ގަމުގައެވެ. ނަމަވެސް އެ މަޝްރޫއު ފަހުން ބަދަލުކުރީ ހުޅުމާލެއަށެވެ. އެއީ ލޯނުގެ އިޖުރާއާތުތައް ދިގުލައިގެން ގޮސް މަސައްކަތް ލަސްވަމުންދާތީ، މި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ނިންމި ނިންމުމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަރުކާރުން މިހާރު ނިންމާފައި އޮތީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މެންޓަލް ހެލްތު ހޮސްޕިޓަލު ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު