ބަންގްލަދޭޝްގެ ވެރިކަމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ މަސައްކަތުގެ ދަށުން، އާ ޕާސްޕޯޓަކާއި ގައުމީ އައިޑެންޓިޓީ ކާޑެއް (އެންއައިޑީ) ހޯއްދެވުމަށް އިންޑިއާގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީގައި އެދިވަޑައިގެންފިއެވެ.
ލަންޑަންގެ މެޓްރިކްސް ޗެމްބާސްގެ ގާނޫނީ ވަކީލުން މެދުވެރިކުރައްވައި ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝްގެ އެކްޓިން ހައިކޮމިޝަނަރު ޕްރީތީ ރަހްމާނަށް ފޮނުއްވި ސިޓީގައި، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ހަސީނާގެ ޕާސްޕޯޓާއި އައިޑީކާޑު ބާތިލުކޮށްފައިވާތީ، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ބަންގްލަދޭޝްގެ ގާނޫނުތަކުގެ ދަށުން އަވަސް މުއްދަތެއްގެ ތެރޭގައި އާ ލިޔެކިޔުންތައް ދޫކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ ދެ އަހަރު ކުރިން ހިންގި ލޭއޮހޮރުވުން ބޮޑު އިހުތިޖާޖުތަކަށްފަހު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ހަސީނާ ވިދާޅުވެފައިވަނީ ގައުމަށް އެނބުރި ވަޑައިގަންނަވަނީ ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ކަމަށެވެ.
ބަންގްލަދޭޝްގެ ވޯ ކްރައިމްސް ކޯޓުން ވަނީ ދަނާނުވި ދަރިވަރުންގެ އިހުތިޖާޖުތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލުމަށް އަމުރުކުރެއްވި ކަމުގެ ކުށުގައި، ހަސީނާގެ ޣައިރު ހާޒިރުގައި އޭނާ މަރަން ހުކުމްކޮށްފައެވެ. ނަމަވެސް، ހަސީނާ ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ އެންމެހައި ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
ހަސީނާގެ އަވާމީ ލީގު ޕާޓީ މިހާރު ބަންގްލަދޭޝްގައި ބޭންކޮށްފައިވާއިރު، އެ ޕާޓީގެ އިސް ގުޅުންހުރި ބޭފުޅުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އުޅުއްވަނީ ގައުމުން ބޭރުގައެވެ.
ޖުމްލަ 20 އަހަރު ވަންދެން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަކީ، ސިޔާސީ މަޝްރަހު އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މީގެ ސަބަބުން އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުމަށް އެދެވޭ ބަދަލެއް އަތުވެދާނެ ކަމަށް މާހިރުން ދެކެއެވެ.
ލިޔެކިޔުންތަކުގެ ކަންކަން ނިމުނުހާ އަވަހަކަށް ގައުމަށް އެނބުރި ވަޑައިގަންނަވާނެ ތާރީޚެއް އިއުލާނުކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު