އިންޑިއާގެ ސޫރަތު ސަހަރުގެ ވިޔަވަފާރިވެރިއެއް ކަމަށްވާ ރާމްސްވަރޫޕް މުންޑޭ
އިންޑިއާގެ ސޫރަތު ސަހަރުގެ ވިޔަވަފާރިވެރިއެއް ކަމަށްވާ ރާމްސްވަރޫޕް މުންޑޭ
އިންޑިއާގެ ސޫރަތު ސަހަރުގެ ވިޔަވަފާރިވެރިއެއް ކަމަށްވާ ރާމްސްވަރޫޕް މުންޑޭ، އެ ކުންފުނީގެ 20 އަންހެން މުވައްޒަފުންނަށް ދީފައިވާ އަގުހުރި ދިވާލީ ހަދިޔާއެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެއްޖެއެވެ.

ޓެކްސްޓައިލް ވިޔަވަފާރި ކުރާ ރާމްސްވަރޫޕް ވަނީ ޕޫޖާ ތަށިތަކެއްގެ މަތީގައި ކޭޝް ނޫޓުތައް އުރައިގެން، ކޮންމެ މުވައްޒަފަކަށް އެއް ލައްކަ އަށްވުރެ ގިނަ ރުޕީސް ފައިސާގެ ގޮތުގައި ދީފަ އެވެ.





މި ހަދިޔާ ދިނުމުގައި އޭނާ ބަރޯސާވެފައިވަނީ އިންޑިއާގެ ރަޖަސްތާނުގެ ސަގާފަތެއް ކަމަށްވާ "މަމެރާ" (މައިދައިތަ ފަރާތު ބޮޑުބޭބެއިން އާއިލާގެ އަންހެނުންނަށް ހަދިޔާ ދިނުމުގެ ސަގާފަތެއް) އަށް ކަމަށާއި، އޭނާގެ މަޤުސަދަކީ ކޮންމެ މުވައްޒަފަކީވެސް އާއިލާއެއްގެ މެންބަރެއްގެ ގޮތުގައި ދެކިގެން އެމީހުންނަށް އީދު އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އޭނާ ހާމަކޮށްފައިވެ އެވެ.

މި އުފާވެރި ވަގުތުކޮޅުގެ ސަބަބުން ބައެއް މުވައްޒަފުންނަށް ލިބުނު އުފަލުން ލޮލުން ކަރުނަ ހިލިގެން ގޮސްފައިވާ އިރު، މަސައްކަތްތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން އޭނާ ކުރި މި މާތް އަމަލަށް ގިނަ ބައެއްގެ ތައުރީފާއި ލޯބި ވަނީ ލިބިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު