ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި ބަލިމީހުން ރައްކާތެރިކަމާއެކު އުފުލުމަށްޓަކައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑުން 63 މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ 05 ނޮވެމްބަރު 2026 އިން ފެށިގެން 12 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި އެކި ސަރަޙައްދުތަކުން ބަލިމީހުން އުފުލުމުގައި ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތަކުން ވަނީ ހަރަކާތްތެރިވެފައެވެ.
އެގޮތުން، އެންމެ ގިނަ އަދަދަކަށް ބަލިމީހުން އުފުލައިދީފައިވަނީ ކޯސްޓްގާޑުގެ ފުރަތަމަ ސްކޮޑްރަންއިންނެވެ. ފުރަތަމަ ސްކޮޑްރަންއިން އެކަނިވެސް 44 މެޑިކަލް އިވެކުއޭޝަން ހަދައިދީފައިވާއިރު، ތިންވަނަ ސްކޮޑްރަންއިން ވަނީ 10 އިވެކުއޭޝަން އޮޕަރޭޝަން ފުރިހަމަކޮށްފައެވެ. މީގެއިތުރުން ދެވަނަ ސްކޮޑްރަންއިން 5 އޮޕަރޭޝަން އަދި ހަތަރުވަނަ ސްކޮޑްރަންއިން 4 އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގައުމީ އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކުރުމުގެ ކުރިން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ހާލުބޮޑުވާ ބަލިމީހުން އުފުލުމުގެ މައިގަނޑު މަސައްކަތް އަބަދުވެސް ކުރަމުން އައީ އެމްއެންޑީއެފްގެ ކޯސްޓްގާޑް އުޅަނދުފަހަރާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެންނެވެ.
މިހާރު ގައުމީ ފެންވަރުގައި ވައިގެ މަގުން ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އައި ނަމަވެސް، ކަނޑުމަގުންނާއި ކުއްލި އެކި ހާލަތްތަކުގައި އަވަހަށް އަދި ރައްކާތެރިކަމާއެކު ބަލިމީހުން ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ގެންގޮސްދިނުމުގައި ދިވެހި އަސްކަރިއްޔާއިން އަދިވެސް އަންނަނީ ވަރަށް މުހިންމު އަދި އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު