ދިވެހިރާއްޖޭގެ ފަސް ރުފިޔާގެ ނޫޓެއް، ބިދޭސީއަކު އޭނާގެ ދަތްތަކުން ވީދައި ކުދިކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގެ މަންސައެއް ކަމަށްވާ ޓިކްޓޮކްގައި އާންމުވުމާ ގުޅިގެން، ގިނަ ބައެއްގެ މެދުގައި ބޮޑު ނުރުހުމަކާއި ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ.
ގަސްތުގައި ފައިސާއަށް ގެއްލުންދީ ހަލާކުކުރުމަކީ ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ވެސް ޤާނޫނީ ގޮތުން މަނާ، އަދި ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވޭ ޢަމަލެކެވެ.
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޤަވާއިދުތައް ބަޔާންކުރާ ގޮތުގައި، ދިވެހި ފައިސާގެ ނޫޓަކަށް ގަސްތުގައި އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ ޤާނޫނީ ކުށެކެވެ. ޢާންމު ބޭނުންކުރުމުގެ ތެރޭގައި ނޫޓަށް އަންނަ ބައުވުމާއި ޒާތީ ބަދަލުތައް ފިޔަވައި، ނޫޓުގެ އަގަށް، ސިރިއަލް ނަންބަރަށް، ސޮޔަށް، ކުރެހުމަށް ނުވަތަ އޭގެ އަސްލު ސިފައަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ޢަމަލެއް ކުރުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ.
ދިވެހި ފައިސާއަކީ ދައުލަތުގެ މިލްކިއްޔާތަކަށް ވާތީ، ފައިސާގެ ނޫޓެއް ހަލާކުކުރުމަކީ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާ އުފުލިދާނެ ކަމެކެވެ. މީގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުމަކަށް ގަސްތުގައި ގެއްލުން ދިނުމުގެ ކުށުގައި ޤާނޫނުލްޢުޤޫބާތުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ޖަލު ޙުކުމް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަވައްޓެރި ޤައުމުތަކަށް ބެލިނަމަވެސް، ޤައުމީ ފައިސާއަށް އިހާނެތިކޮށް ހިތުމަކީ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ބޮޑު ކުށެކެވެ.
މި ވީޑިއޯ ފެންމަތިވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ އެ ބިދޭސީ މީހާގެ ނާތަހުޒީބު ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އޭނާއާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނުވަތަ މަރުކަޒީ ބޭންކުން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

An expat tearing Maldivian currency is disrespectful, illegal, and totally unacceptable. Our money represents our national dignity and sovereignty actions like this undermine mutual respect and the laws of our host country.
— are you gone MAD🤯 (@AreyougoneMAD) November 8, 2026
Respect the law, respect the nation.. if not leave! pic.twitter.com/HLhmMTcv2v
މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޤަވާއިދުތައް ބަޔާންކުރާ ގޮތުގައި، ދިވެހި ފައިސާގެ ނޫޓަކަށް ގަސްތުގައި އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ ޤާނޫނީ ކުށެކެވެ. ޢާންމު ބޭނުންކުރުމުގެ ތެރޭގައި ނޫޓަށް އަންނަ ބައުވުމާއި ޒާތީ ބަދަލުތައް ފިޔަވައި، ނޫޓުގެ އަގަށް، ސިރިއަލް ނަންބަރަށް، ސޮޔަށް، ކުރެހުމަށް ނުވަތަ އޭގެ އަސްލު ސިފައަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ޢަމަލެއް ކުރުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ.
ދިވެހި ފައިސާއަކީ ދައުލަތުގެ މިލްކިއްޔާތަކަށް ވާތީ، ފައިސާގެ ނޫޓެއް ހަލާކުކުރުމަކީ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާ އުފުލިދާނެ ކަމެކެވެ. މީގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުމަކަށް ގަސްތުގައި ގެއްލުން ދިނުމުގެ ކުށުގައި ޤާނޫނުލްޢުޤޫބާތުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ޖަލު ޙުކުމް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަވައްޓެރި ޤައުމުތަކަށް ބެލިނަމަވެސް، ޤައުމީ ފައިސާއަށް އިހާނެތިކޮށް ހިތުމަކީ ހަރުކަށި އަދަބު ކަނޑައެޅިފައިވާ ބޮޑު ކުށެކެވެ.
މި ވީޑިއޯ ފެންމަތިވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ އެ ބިދޭސީ މީހާގެ ނާތަހުޒީބު ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އޭނާއާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނުވަތަ މަރުކަޒީ ބޭންކުން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު