އެމެރިކާގެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ރޮބަޓް އާރް. މޮޓާ، 2014 ވަނަ އަހަރު 239 މީހުންނާއެކު ގެއްލިފައިވާ މެލޭޝިއާ އެއަރލައިންސްގެ ފްލައިޓް އެމްއެޗް370 ގެ މައްސަލައާ ގުޅޭގޮތުން އޭނާގެ ކެމްޕެއިން ސިޔާސަތުތަކެއް ހާމަކުރައްވައިފިއެވެ.
މި ސިޔާސަތުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ އޭވިއޭޝަން ދާއިރާގެ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށާއި، މި ހާދިސާއާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ.
މީގެ ތެރޭގައި 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮންލައިން ރިސާޗަރެއް ކަމަށްވާ އެޝްޓަން ފޯބްސް އާންމުކުރި، ރާއްޖޭގެ ކުޑަހުވަދޫ ކައިރިއަށް ބޯޓު ވެއްޓުނުކަމަށް ބުނާ ތިއަރީވެސް ހިމެނެއެވެ.
ނަމަވެސް، ކުޑަހުވަދޫ ރައްޔިތުންނަށް ބޮޑު ބޯޓެއް ފެނުނުކަމަށް ރިޕޯޓުކޮށްފައި ވީނަމަވެސް، ރާއްޖޭގެ އޭވިއޭޝަން އޮތޯރިޓީން ވަނީ އެއީ އެމްއެޗް370 އާ ގުޅުމެއް އޮތްކަމެއް ނޫންކަމަށް ކުރިން ނިންމާފައެވެ.
އަދި ފޯބްސްގެ މި ތިއަރީއަކީ މިހާތަނަށް ރަސްމީކޮށް ސާބިތުކުރެވިފައިވާ ކަމެއް ނޫންކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރަސްމީ ތަހުގީގުތަކުންނާއި ސެޓެލައިޓް ޑޭޓާއިން ދައްކާގޮތުގައި ފްލައިޓް އެމްއެޗް370 ދަތުރުކޮށްފައިވަނީ ދެކުނު އިންޑިއާ ކަނޑަށެވެ.
އަދި ބޯޓުގެ ބައެއް ބައިތައް ރިޔޫނިއަން އައިލެންޑް ފަދަ ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުތަކުން ފެނިފައިވީނަމަވެސް، ބޯޓު ވެއްޓުނު ސީދާ ތަނެއް އަދިވެސް ހޯދިފައެއް ނުވެއެވެ.
2018 ވަނަ އަހަރު މެލޭޝިއާއިން ނެރުނު ރިޕޯޓުގައި ބޯޓު ގެއްލެން މެދުވެރިވި ސަބަބު ޔަގީންކުރެވިފައި ނުވާއިރު، 2025 އިން 2026 އަށް 'އޯޝަން އިންފިނިޓީ' އިން 7،571 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައި ފާސްކުރުމަށްފަހުވެސް ބޯޓު އޮތްތަން ވަނީ ނުހޯދިފައެވެ.
ރޮބަޓް މޮޓާގެ ރިޔާސީ ކެމްޕެއިންގައި ވަނީ، އޭނާ ވެރިކަމަށް ވަޑައިގެންފިނަމަ މި މައްސަލައާ ގުޅޭ އެމެރިކާގެ ރެކޯޑުތައް މުރާޖައާކޮށް ގާނޫނީ ގޮތުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން މެލޭޝިއާ، އޮސްޓްރޭލިއާ އަދި ދިވެހިރާއްޖެ ފަދަ ގައުމުތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމަށާއި، ރާއްޖެއިން ފެނުނުކަމަށް ބުނާ ކަންކަން މިނިވަން ތަޖުރިބާކާރުން މެދުވެރިކޮށް އަލުން ވަޒަންކުރުމަށް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކު، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަނޑުއަޑި ހޯދުމަށް ބޭނުންވާ ފަންޑު އެމެރިކާގެ ކޮންގްރެސް މެދުވެރިކޮށް ހޯދުމަށާއި، ގެއްލުނު މީހުންގެ އާއިލާތަކަށް ގަވާއިދުން މައުލޫމާތު ފޯރުކޮށްދިނުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް، އެމެރިކާގެ ރައީސަށްވެސް އެހެން ގައުމުތަކުގެ ސިއްރު މައުލޫމާތުތައް އަމިއްލައަށް ހާމަކުރުމުގެ ނުވަތަ މެލޭޝިއާގެ ތަހުގީގަށް ސީދާ ބާރުފޯރުވުމުގެ އިހުތިޔާރު ލިބިގެންނުވާކަން މޮޓާގެ ކެމްޕެއިން ވެބްސައިޓުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު