ރާއްޖޭގެ ސަރަޙައްދުގައި ތެލާއި މައުދަން ހުރިތޯ ބެލުމުގެ ދިރާސާތައް ކުރުމަށް މެލޭޝިއާގެ މަޝްހޫރު ތެޔޮ ކުންފުނި ޕެޓްރޯނަސްގެ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން އެ ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު އަންވަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުގައި ތެލާއި އެހެނިހެން މައުދަންތައް ހުރިތޯ ދިރާސާކުރުމުގެ ފުރުސަތުތައް ބެލުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ކަމާ ގުޅޭގޮތުން ޕެޓްރޯނަސް ކުންފުންޏާއެކު މަޝްވަރާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޕެޓްރޯނަސްއަކީ މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުން އަންނަ ވަރުގަދަ ކުންފުންޏެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކެނެޑާއިން ފެށިގެން ތުރުކުމެނިސްތާނާއި، ސޫދާނާއި، ސުރިނާމާއި، ޕެރޫ އަދި ބްރެޒިލް ފަދަ ގައުމުތަކުގައި ޕެޓްރޯނަސްގެ ވަރުގަދަ މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖެއާ މިހާ ކައިރިއަށް އައުމަކީ އެ ކުންފުންޏަށް މާ ބޮޑު މައްސަލައަކަށް ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" މަޖާޒީ ގޮތަކަށް އަންވަރު ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ، ތެޔޮ ހޯދުމުގެ ދިރާސާތަކަށް ނޫން ނަމަވެސް، މަދު ދުވަސްކޮޅަކަށް ޗުއްޓީ ހޭދަކޮށްލުމަށް ނަމަވެސް އެ ކުންފުނީގެ ޓީމުތަކަށް ރާއްޖެ އާދެވިދާނެ ކަމަށެވެ.
މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ފެސިލިޓީއާ ގުޅޭގޮތުން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ "ބޭންކް ނެގާރާ މެލޭޝިއާ" އިން އިޖާބަދިނުމަށް އެދިވަޑައިގެން ރައީސް ޑރ. މުޢިއްޒު ސިޓީފުޅެއް ފޮނުއްވާފައިވާކަން ބޮޑުވަޒީރު ހާމަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތް އަޚުވަންތަ ގުޅުމުގެ މައްޗަށް ބިނާކޮށް، އެ ފެސިލިޓީ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.
ރާއްޖޭގައި ތެޔޮ ހުރިތޯ ދެނެގަތުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެއިރު އެ ސަރުކާރުން ވަނީ އެ މަސައްކަތް ކުރުމަށްޓަކައި ޗައިނާގެ އެހީތެރިކަން ހޯދުމަށް އެ ޤައުމާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެކަމުގައި އޭރު ކޮންމެވެސް މިންވަރެއްގެ އަލިމަގެއް ފެނިފައިވާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު