'މޯލްޑިވްސް ކޯނަރ އިން މެލޭޝިޔާގެ' ނަމުގައި ރަސްމީކޮށް ބުކްކޯނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
'މޯލްޑިވްސް ކޯނަރ އިން މެލޭޝިޔާގެ' ނަމުގައި ރަސްމީކޮށް ބުކްކޯނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން 'މޯލްޑިވްސް ކޯނާ-މެލޭޝިޔާ'ގެ ނަމުގައި ބުކްކޯނާއެއް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

'މޯލްޑިވްސް ކޯނާ-މެލޭޝިޔާ' ހުޅުވީ ހައިކޮމިޝަނުގެ ދަށުން ގާއިމްކުރެވިފައިވާ މޯލްޑިވްސް ކަލްޗަރަލް ސެންޓަރު ގައެވެ. މި ކޯނާ ހުޅުވާ ދެއްވީ ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ހައިކޮމިޝަނަރު ޑރ. މަރިޔަމް ޝަބީނާ އަހުމަދެވެ.

މި ކޯނަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ވިދާޅުވީ 'މޯލްޑިވްސް ކޯނަރ-މެލޭޝިޔާ'ގެ މައިގަނޑު އެއް މަގުސަދަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި އަދި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ދިވެހި ފޮތްތައް، ފަސޭހައިން އެއްތަނަކުން ލިބޭނޭ މަގު ތަނަވަސްކޮށްދީ، މިކަމުގެ ސަބަބުން އެފަރާތްތައް ދިވެހި ބަހާއި އަދަބިއްޔާތައް ޝައުގުވެރިކުރުވައި، ދިވެހިބަހާއި، ދިވެހި ސަގާފަތަކީ އެކުދީންގެ އަމިއްލައެއްޗެއްގެ ގޮތުގައި ބަލައިގަތުމަށް މަގުފަހިކުރުމެވެ. އަދި މި ކޯނަރު މެދުވެރިކޮށް ދިވެހި ސަގާފަތާބެހޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމާއި، "ކަލްޗަރަލް ޑިޕލޮމެސީ"ގެ ދަށުން އަދަބީ އަދި ސަގާފީ އެކި ހަރަކާތް ހިންގުމަށް ރޭވިފައިވާ ކަމުގައިވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

'މޯލްޑިވްސް ކޯނަރ-މެލޭޝިޔާ' މެދުވެރިކޮށް ރާއްޖޭގެ ލައިބްރަރީތަކާއި ތައުލީމީ މަރުކަޒުތަކަށް މެލޭޝިއާގެ ޝާއިއުކުރުންތައް ހިއްސާކުރުމަށްވެސް ރޭވިފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ މުއްސަނދި ސަގާފަތާއި، ތާރީޚާއި، ދިވެހި އަދަބިއްޔާތާބެހޭ ފޮތްތައް މެލޭޝިޔާގެ އެކި ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި ކޯނަރގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިވެހި ދަރިވަރުންނާއި އަދި މެލޭޝިޔާގައި ދިރިއުޅޭ އެކި ފަރާތްތަކުން ރާއްޖެއާބެހޭގޮތުން ހަދާފައިވާ އިލްމީ ކަރުދާސްތައް މިސެންޓަރު މެދުވެރިކޮށް، ބޭނުންވާ އެހެން ފަރާތްތަކަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަކީވެސް 'މޯލްޑިވްސް ކޯނަރ-މެލޭޝިޔާ'ގެ މުހިންމު މަގުސަދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް