ކުރިއަށް އޮތް ދިގު ހަފްތާ ބަންދާ ދިމާކޮށް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން މާދަމާއަކީ ރަސްމީ ބަންދު ދުވަހަކަށްވާއިރު އެ ދުވަހުގެ މުނާސަބަތުގައި ޖެހިގެން އަންނަ ބުރާސްފަތި ދުވަސްވެސް ސަރުކާރުން ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފައެވެެ. މިއާއެކު، މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް 4 ދުވަހުގެ ބޮޑު ޗުއްޓީއެއް ލިބޭނެއެވެ.
އެހެންވެ މި ލިބޭ ހަތަރު ދުވަހު ހުޅުމާލޭގައި ބާއްވަ ގިނަ ހަރަކާތްތަކުގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެޗްޑީސީން ވަނީ ވަނީ އެދިފައެވެ.
މި ހަފްތާ ބަންދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) އިން އިންތިޒާމުކުރާ ކެޑޭޓް ޕެރޭޑެވެ. މާލެ ސަރަޙައްދުގެ 16 ސުކޫލަކުން ގިނަ އަދަދެއްގެ ކެޑޭޓުން ބައިވެރިވާ މި ޕެރޭޑް، ހުޅުމާލެގެ ފޭސް 1 އަދި ފޭސް 2 ގައި ކުރިއަށްދާނެއެވެ. ނޮވެމްބަރު 11 ވާ ބުދަ ދުވަހުގެ ހަވީރު މި ޕެރޭޑް ފަށާނީ ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ސަރަހައްދުންނެވެ. ކެޑޭޓުންގެ ހުނަރާއި ގައުމީ ލޯބި ރަމްޒުކޮށްދޭ މި ހިތްގައިމު ޕެރޭޑް ބައްލަވާލެއްވުމަށް އާއިލާއާއެކު ނުކުތުމަކީ ކުޑަކުދިންނަށްވެސް ލިބިގެންދާނެ ވަރަށް އުފާވެރި އަދި ޝައުގުވެރި ތަޖުރިބާއެކެވެ.
މި ޗުއްޓީ ދުވަސްވަރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެ އެންމެ ކުލަގަދަ އެއް ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކުރާ ކާނިވަލެވެ. ތަފާތު ހަރަކާތްތައް ހިމެނޭހެން މި ކާނިވަލް ކުރިއަށްދާނީ ނޮވެމްބަރު 11 އިން 13 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ސެންޓްރަލް ޕާކުގައެވެ. މި ކާނިވަލްގައި ތަފާތު ވައްތަރުގެ ކާބޯތަކެއްޗާއި ފުޑް ސްޓޯލްތަކުގެ އިތުރުން ލައިވް މުނިފޫހިފިލުވުމަށް ލައިވް މިއުޒިކްވެސް ފެނިގެންދާނެއެވެ. އަދި އެއާއެކު، ބީއެމްއެލްގެ ތަފާތު ހިދުމަތްތަކުގެ މައުލޫމާތުތައްވެސް މި ކާނިވަލްއިން ލިބޭނެއެވެ.
މި ހަރަކާތްތަކާއެކު، ކުރިއަށް މިއޮތް ހަތަރު ދުވަހުގެ ދިގު ޗުއްޓީއަކީ އާއިލީ ގުޅުންތައް ބަދަހިކޮށް، ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ. މި ހަފްތާ ބަންދަކީ ފޫހި ނުވާނެހާ ގިނަ ހަރަކާތްތައް ހުޅުމާލޭގައި ރާވާފައިވާ ހަތަރު ދުވަހެވެ. ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއެކު ވަގުތު ހޭދަކޮށް، ކެޑޭޓުންގެ ހިތްގައިމު ޕެރޭޑް ބައްލަވައި، އުފާވެރިކަމުގައި ބައިވެރިވުމަށް ހުޅުމާލޭގެ އެންމެހައި ރައްޔިތުންނަށާއި މާލެ ސަރަހައްދުގެ އެންމެހައި ފަރާތްތަކަށް އެޗްޑީސީން ވަނީ ދައުވަތު އަރުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު