މަސްތުވާތަކެތި ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓުޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް، އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ އެކަށީގެންވާ މިންވަރަކަށް ހެކި ހުށަހެޅިގެންނެވެ. އެގޮތުން ފުލުހުން ވަނީ މި ހާދިސާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓާއި، ސީންއަށް ދިޔަ ފުލުހެއްގެ ހެކިބަހުގެ ބަޔާން އަދި އޭނާގެ ކުރީގެ ކުށުގެ ރެކޯޑުތައް ވެސް ކޯޓަށް ހުށަހަޅާފައެވެ.
އޭނާގެ ބަންދާމެދު ކޯޓުން ޣައިރު ހާޒިރުގައި ގޮތެއް ނިންމީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓު ޖެހުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީއެވެ. މިކަން ސާބިތުކުރުމަށް ހޮސްޕިޓަލުގެ ރަސްމީ ލިޔެކިޔުންތައް ވެސް ފުލުހުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.
ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ އޭނާގެ ޣައިރު ހާޒިރުގައި ބަންދަށް 15 ދުވަސް ޖަހައިދިން ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ރަނގަޅުވެ ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރެވޭ ހާލަތަކަށް އައުމާއެކު، ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު