މުޙައްމަދު އަޢުޡަމް   10 ނޮވެމްބަރު 2026 - 23:20
އަދީމް
އަދީމް
އެމްޕީއެލްގެ ބޯޑަށް މއ. ބޯޅަކިންކިރިމާގެ އާދަމް އަދީމް އައްޔަނުކޮށްފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކަށް މެންބަރުންނާއި ވެރިން އައްޔަންކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން ބުނީ އަދީމް އެމްޕީއެލްގެ ޑިރެކްޓަރުގެ ބޯޑަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

އަދީމްއަކީ މިހާރު ވެސް ހޯމްލޭންޑް މިނިސްޓްރީގައި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އާދަމް ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަން ގޮޅި އުތުރު ދާއިރާއަށް ވެސް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިފައެވެ. ނަމަވެސް އެ ގޮނޑި ނެގީ އެމްޑީޕީގެ ކެނޑިޑޭޓްއެވެ.



ކިޔުންތެރިންގެ ހިޔާލު