މުޙައްމަދު އަޢުޡަމް   15 ނޮވެމްބަރު 2026 - 22:53
އެމްޓީސީސީ ލީޑާޝިޕް ކޮންފަރެންސްގެ ތެރެއިން--
އެމްޓީސީސީ ލީޑާޝިޕް ކޮންފަރެންސްގެ ތެރެއިން--
އެމްޓީސީސީގެ "ލީޑާޝިޕް ކޮންފަރެންސް 2026" ބާއްވައިފިއެވެ.

ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި މި ކޮންފަރެންސްގައި އެ ކުންފުނީގެ އެކި ދާއިރާތަކުގެ 140 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވ،ެ މައުލޫމާތު މުއްސަނދިކޮށ،ް ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވެއެވެ.

"ލީޑިން ފޯވާޑް. ޕީޕަލ،ް ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ކޮންފަރެންސްގައި ހާއްސަ އެއް ހަރަކާތެއްގެ ގޮތުގައ،ި އެމްޓީސީސީގެ "ލީޑާޝިޕް ސެޓްފިކެޓް ޕްރޮގްރާމް" ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް އަހުމަދު ސައުދީއެވެ.

މިއީ ކުންފުނީގެ ލީޑަރުންގެ ގާބިލުކަން އިތުރުކޮށ،ް މެދުކެނޑުމެއްނެތި ފަންނީ ގޮތުން ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި މުހިންމު ޕްރޮގްރާމެކެވެ. ލީޑާޝިޕް ސެޓްފިކެޓް ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައ،ި އެމްޑީ ސައުދީ ވަނީ ވަނީ އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ.

އަދި ކޮންފަރެންސްގެ ބޭނުން ހެޔޮގޮތުގައި ހިފައ،ި އެމްޓީސީސީއާ ހަވާލުވެފައިވާ ބިޔަ ޒިންމާ އަދާކުރުމުގައި ފުރިހަމަޔަށް ބައިވެރިވުމަށްވެސް އެމްޑީ ސައުދީ ވަނީ އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ކުންފުންޏަށްޓަކައި އިސްނަގައިގެން ހެޔޮ ނިޔަތުގައި މަސައްކަތްކުރާނެ ހީވާގ،ި މުރާލި ގިނަ މުވައްޒަފުންތަކެއް މިއަދު ކުންފުންޏަށް

ބޭނުންވެފައިވާކަން އެމްޑީގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ފުންނާބު އުސް ބޭފުޅުން ވަނީ ލީޑާޝިޕާއ،ި ހިންގުންތެރިކަމާއ،ި ޒަމާނީ ބަދަލުތަކަށް ހޭނުމާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ހިއްސާކުރައްވައިފައެވެ. އެގޮތުން މި ކޮންފަރެންސްގައި ވާހަކަ ދެއްކެވި ކީނޯޓް ސްޕީކަރުންނަކީ

- ބައިއިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދިވެހި ކީނޯޓް ސްޕީކަރު - އަފީފް ހުސެއިން

- ސިންގަޕޫރަށް ނިސްބަތްވެވަޑައިގަންނަވ،ާ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީނޯޓްސްޕީކަރު- ކޯއެން ޓޭން

- ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ވޮއިސް ކޯޗު، ޓެޑްއެކްސް ސްޕީކާ- ސިންތިއާ ޒައި

- ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެޗްއާރް ލީޑަރު، ކީނޯޓް ސްޕީކަރު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނ،ް ލީޑަރޝިޕް އަދި "ފިއުޗާ އޮފް ވޯކް" ގެ ދާއިރާގެ ތަޖުރިބާކާރު- ލަރިއްސާ މާމަން



ކިޔުންތެރިންގެ ހިޔާލު