އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގެ ސޭފްޓީ ވެއްޓި، ބައެއް އުޅަނދުތަކަށް ގެއްލުންވެ ބަޔަކަށް އެކިވަރުގެ އަނިޔާތަކެއް ވެފަ
އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގެ ސޭފްޓީ ވެއްޓި، ބައެއް އުޅަނދުތަކަށް ގެއްލުންވެ ބަޔަކަށް އެކިވަރުގެ އަނިޔާތަކެއް ވެފަ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ހަދަމުންދާ އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ބައެއް މަގުމައްޗަށް ވެއްޓި، އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ހަވީރު 17:06 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު، ސޭފްޓީ ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި އެވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް