ރަސްމާލޭގެ ތަރައްޤީގެ މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤުބަލާ ގުޅިފައިވާ މަޝްރޫޢަކަށް ވާތީ، އެ މަޝްރޫޢަށް ތާއީދުކުރައްވަނީ އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބޭނެތީ ކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ. ރިނބުދޫގައި ތަރައްޤީކޮށްފައިވާ ބަނދަރުހިޔާ ރޭ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ރިނބުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް، ސާފު ތަޞައްވުރަކާއެކު ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރުން ފަށާފައިވާ ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ޤައުމު އައު ހަރުފަތަކަށް ގެންދިއުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު އޮތީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހުޅުވާލެވިފައި ކަމަށާއި، ރަސްމާލޭގެ ތަރައްޤީގެ މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤުބަލާ ގުޅިފައިވާ މަޝްރޫޢަކަށް ވާތީ، އެ މަޝްރޫޢަށް ތާއީދުކުރައްވަނީ އޭގެ ސީދާ ފައިދާ ރައްޔިތުންނަށް ލިބޭނެތީ ކަމަށެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ރިނބުދޫއަކީ ރަށުގެ ޘަޤާފަތާއި ސާފުތާހިރުކަމަށް ޙުރުމަތްތެރިކޮށް ހިތާ، އެއްބައިވަންތަކަން އިސްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. މީގެ އިތުރުން، ރަށުގެ އިޖުތިމާޢީ އެއްބާރުލުން އިތުރުކުރުމަށާއި ރަށުގެ ޚާއްޞަ ސިފަތައް ދެމެހެއްޓުމަށް ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ. އަދި ހަމަ އެ ބީދައިން ރަށުގެ ކުރިމަގު އުޖާލާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މީހުންގެ މެދުގައި ވިސްނުމާއި ފިކުރުގެ ތަފާތުތައް ހުރުމަކީ ޤުދުރަތީ ކަމެކެވެ. ނަމަވެސް ބަނދަރުހިޔާ ފަދަ ތަންތަނުގައި އެއްތަނަކަށް އެއްވެ ދެކެވޭ ވާހަކަތަކުގެ ތެރެއިން ހިތްތަކުގައި އުފެދޭ ނުތަނަވަސްކަމާއި ދެބަސްވުންތައް ނެތިގޮސް، ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް އިސްނަގާ ކޮންމެ ކައުންސިލަކަށްމެ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރިނބުދޫގެ ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެ ރަށު ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އައު ޢިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލްގެ ފަރާތުން ނައިބު ރައީސަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި ބަނދަރުހިޔާ ހުޅުވައިދެއްވުމަށްފަހު އެތަން ބައްލަވާލެއްވިއެވެ.
މީގެ އިތުރުން، ރަށުގެ ޒުވާނުންގެ ދަޢުވަތަކަށް ރިނބުދޫގެ ދެ ޓީމެއްގެ މެދުގައި ކުޅުނު ފުޓްސަލް މެޗެއްގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު