ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެމްބަރުންތަކެއް--ފޮޓޯ/ ބާ ކައުންސިލް
ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެމްބަރުންތަކެއް--ފޮޓޯ/ ބާ ކައުންސިލް
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލާން ބޭނުންވާ ފަރާތްތަކުން، އެ ކައުންސިލުން ކަނޑައަޅާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް ބާ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ނަމަވެސް، އީ-ވޯޓިންގ މެދުވެރިކޮށް ބާ ކައުންސިލުން މީގެ ކުރިން ބާއްވާފައިވާ އިންތިޚާބެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން، މި އިންތިޚާބުގައި ވޯޓުލުމަށް އަލުން ރަޖިސްޓަރީވާން ނުޖެހޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ކުރީގެ އިންތިޚާބުތަކުގައި އީ-ވޯޓިންގއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދަފުތަރު ވެސް އެ ކައުންސިލުން މިހާރު ވަނީ ޢާންމުކޮށްފައެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް