ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި މާރާމާރީއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ރޭ 22:50 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތާ ގުޅިގެން ވަގުތުން ފުލުހުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނުގެ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ވަނީ ފެނިފައެވެ. މީގެއިތުރުން، އެމީހާ ލައިގެން ހުރި ސޯޓުގެ ޖީބު ބަލައިފާސްކުރި އިރު މޫނު ނިވާކުރަން ބޭނުންކުރާ ޒާތުގެ ހުޑް މާސްކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނުން އިތުރު ދެ ބަޔޮނެޓް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ސަރަހައްދުން ހައްޔަރުކުރި މީހާގެ އިތުރުން، މިކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ހުޅުމާލޭގެ އެހެން ސަރަހައްދަކުން ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެހެންކަމުން، މި މައްސަލައިގައި މިހާތަނަށް ޖުމްލަ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު