މުޙައްމަދު އަޢުޡަމް   27 ނޮވެމްބަރު 2026 - 22:35
ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ ރޭ އަލިފާން ރޯވި ކާރު-
ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ ރޭ އަލިފާން ރޯވި ކާރު-
ބައްޕަގެ ކާރަށް ގެއްލުން ދީގެން 31 އަހަރުގެ ޒުވާން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތުނޑި ހުރަވީ، ލ.ގަން، މުހައްމަދު ނަވާޒްއެވެ. މުދަލަށް ގެއްލުން ދިން މައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ނަވާޒް ވަނީ ކުށަށް އިއުތިރާފްވެފައެވެ.

ނަމަވެސް އޭނާ ބޯގޮވައިގެން ޝަރީޢަތުން ކިޔައިދޭ އެއްޗެއްވެސް ސާފުނުވާކަމަށް ބުނާކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު