2023 ވަނަ އަހަރުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށްބުނެ އޮޅުވާލައިގެން ގިނަ ބައެއް އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާ ޓަކައިގަނެފައިވާ މައްސަލާގައި 139 ދަޢުވާއެއް ކުރުމަށް 26 ނޮވެންބަރު 2026 ދުވަހު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލާގައި ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 3 ވަނަ ނަންބަރާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ ދަށުން. ޓެކުމުގެ ކުށުގެ 139 (އެއް ސަތޭކަ ތިރީސް ނުވައެއް) ދަޢުވާ އެވެ.
މި ދަޢުވާކުރާ ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، އަޙްމަދު ޢާޠިފް ޙަސަން، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި، ސައިކަލު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްނުކޮށް އެ ފައިސާއިން އިތުރު ތަޞައްރުފުކޮށް، ސައިކަލު ދީފައިނުވާތީއާއި ފައިސާވެސް އަނބުރާ ރައްދުކޮށްފައިނުވާތީ އެވެ.
މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެއެވެ.
ހަމައެއާއެކު ވަކިވަކި މީހުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12ރ (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އަޙްމަދު ޢާޠިފް ޙަސަން އަތުން ނަގައިދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.
ޕީޖީން ބުނީ، މި ދަޢުވާތައް ހުށަހަޅާފައިވާނީ، ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިން ކަމަށެވެ. އެހެންކަމުން މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި 139 ދަޢުވާއަށް، ކޮންމެ ދަޢުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެއެވެ.
މި މައްސަލަތަކުގެ އިތުރުން، މި މައްސަލާގައި ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށާއި، އެ ބައިތަކުގެ ތަޙުޤީޤު ނިމުމުން އެ ބައިތަކުގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު