ޓީބީ ޖެހިފައި ހުރި އަންހެނަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ އެ ރަށު ލޮބްސްޓާ، ރުގިއްޔާ އަމާނަތުއެވެ. މި މައްސަލައާ ގުޅިގެން 31 އަހަރުގެ އަމާނަތު ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތި ފެނުނީ އަމާނަތުގެ ހަށިގަނޑާއި އަންނައުނުންނެވެ.
މި މައްސަލައާ ގުޅިގެން ކުޑަކަމުދާ ތަކެތި ދޭން އޭނާ އިންކާރުކުރިއިރު ޓީބީ ޖެހިފައިވާ ކަމަށް އަމާނަތު ބުނާތީ އެކަން ބަލައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު