ކޮންޓްރޯލް ޑެލިވަރީ ޖައްސައި ތިން ކިލޯގެ ޑުރަގާއެކު ދެ ދިވެހީން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، ނިލަމެހިގެ، އިސްމާއިލް ނަސީރު (45އ) އާއި ނ. މަނަދޫ، ވެށި، މުހައްމަދު ޒިޔާދު (28އ) އެވެ. މަސްތުވާތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.
ކަސްޓަމްސްއިން ބުނީ އެ މީހުން މަސްތުވާތަކެތި ގެނައީ ތައިލެންޑުން ރޭ ގެނައި އެއާ ކާޣޯ ޝިޕްމަންޓްއެއްގެ ތެރެއިން ކަމަށެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ނިންމީ، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ފެނުނު މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށް ބުނެ ދެ މީހުންވެސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެގޮތުން އިސްމާއިލް ނަސީރު ބުނީ މަސްތުވާތަކެއްޗާ ހަވާލުވީ ފައިސާ ދޭނެކަމަށް މީހަކު ބުނުމުން ކަމަށާއ،ި އެ ތަކެއްޗާއި މީނާއާ ގުޅުމެއް ނުވާކަމަށެވެ. އަދި ޒިޔާދުވެސް ބުނީ އެ ތަކެއްޗާ ހަވާލުވާން ދިޔައީ އިސްމާއިލް ނަސީރު ސައިކަލުގައި ގެންގޮސްދޭން އެދުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު