ގާނޫނާ ޚިލާފަށް ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު ކަމުގެ ތުހުމަތުގައި ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއިން ދިވެހި ރައްޔިތަކާއި އެ ގައުމުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ނޭޕާލުގެ ނޫހެއް ކަމަށްވާ 'ރާތޯޕާޓީ' އިން ބުނާ ގޮތުގައި، މި މައްސަލައިގައި އަތުލައިގެންފައިވަނީ ދިވެއްސެއް ކަމަށްވާ ޔުގީތު އިބްރާހީމާއި، ނޭޕާލުގެ ޗިތުވާންގެ ބިސޯނީއަށް އުފަން އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލެވެ. ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ 'ސްނޯލައިން ހޮޓެލް' އިން އެ ދެ މީހުން ހައްޔަރުކުރީ، އެ ތަނުގައި ގިނަ އަދަދެއްގެ ފައިސާ ފޮރުވާފައި ހުރި ކަމަށް ލިބުނު ޚާއްސަ މައުލޫމާތަކާ ގުޅިގެން ޕޮލިސް ސާކަލް ލައިންޗައުރުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ޑިސްޓްރިކްޓް ޕޮލިސް ކޮމްޕްލެކްސް ކަތުމަންޑޫގެ އެސް.ޕީ ދާން ބަހާދުރު ތާޕާ ވިދާޅުވީ، ހޮޓާ ބަލައިފާސްކުރި އިރު އެ ދެ މީހުންގެ އަތުން ނަގުދު ފައިސާގެ ގޮތުގައި 5،050،000 (ފަސް މިލިއަން ފަންސާސް ހާސް) ނޭޕާލް ރުޕީސް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ބޭރު ފައިސާގެ ގޮތުގައި އޮމާންގެ 4،215 ރިޔާލް އާއި ޔޫއޭއީގެ 55 ދިރުހަމް ވެސް އެ މީހުންގެ އަތުން އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް