އެމްޕީއެލްގެ ޓަވަރުތަކެއް--
އެމްޕީއެލްގެ ޓަވަރުތަކެއް--
ބޯކޮށް ވާރޭވެހި އެމްޕީއެލް ފްލެޓްތަކުގެ އެތެރެއަށް ފެން ލީކުވުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެއެވެ.

މިއަދު ހެނދުނު މާލެއާއި ހުޅުމާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވި ވަގުތު، އެމްޕީއެލްގެ ޕޯޓް ރެޒިޑެންސްގެ "އެމް" އަދި "ޕީ" ޓަވަރަށް ވެސް ވަނީ ފެން ލީކުވެފައެވެ. މިގޮތުން އެ ޓަވަރުތަކުގެ ސިޑިތަކަށާއި ލިފްޓުތަކަށް ފެން އެޅުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލިފްޓުތަކުގެ ޚިދުމަތް މިވަގުތަށް ވަނީ މެދުކަނޑާލައިފައެވެ.

އެމްޕީއެލްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި، ޓަވަރުތަކުގެ ސިޑިތަކަށާއި ލިފްޓުތަކަށް އެޅިފައި ހުރި ފެން މިހާރު ވަނީ ސާފުކޮށްފައެވެ. އަދި ވީ އެންމެ އަވަހަކަށް ލިފްޓުތަކުގެ ޚިދުމަތް އާންމު ޙާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މީގެއިތުރުން، އެ އިމާރާތުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވި ދަތިތައް ހައްލުކުރުމަށްޓަކައި ކަމާބެހޭ ޓީމުތަކުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، ލީކުވާން މެދުވެރިވި ސަބަބު ދެނެގަނެ، ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ކުންފުނީގެ ފަރާތުން މިހާރު ވަނީ ފަށައިފައެވެ.



ކިޔުންތެރިންގެ ހިޔާލު