ދ. ރިނބުދޫގައި އިމާރާތްކޮށްފައިވާ ބަނދަރުހިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިމް މުހައްމަދު ލަތީފް ހުޅުއްވައިދެއްވައިފިއެވެ.
މިރޭ ރިނބުުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބަނދަރު ހިޔާ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލާއެއްވެސް އަރުވައިފައެވެ.
ރިނބުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރިނބުދޫއަކީ ރަށުވަންތަކަމުގެ، ރީތި އިހުސާސާއި، ސާފުތާހިރުކަމާ، ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށާ، ރަށުގެ ރަށުވަންތަކަން ހިފެހެއްޓުމަށްޓަކައި ކައުންސިލުން އިސްވެ ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައި، އެގޮތުގައި ރަށުގެ މުސްތަގުބަލު އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ އިންސާނަކީވެސް ވިސްނުމުގެ ތަފާތުތަކެއް ހުރި މީހެއްކަން ގަބޫލު ކުރަންޖެހޭނެ ކަމަށާ ހިޔާލު ތަފާތުވުން ތަކެއް ހުންނާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކައިގެ ސަބަބުން، ދިމާވާ ހިތްހަމަ ނުޖެހުންވެސް އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ހުންނަ ނުތަނަވަސްކަންވެސް ފިލައި، އެކުވެރިކަމާ، ޢާއިލީގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، މިފަދަ އިޖުތިމާއީ ކަންކަމަށް އިސްނަގައިގެން މަސައްކަތް ކުރާ ކޮންމެ ކައުންސިލަކަށް ސަރުކާރުން ފުރިމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ރިނބުދޫގެ ޒުވާނުންގެ ދައުވަތަކަށް ރިނބުދޫގެ ދެ ޓީމެއް ކުޅުނު ފުޓްސަލް މެޗުގައި އެމަނިކުފާނުވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ.

ކިޔުންތެރިންގެ ހިޔާލު