ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނާއި އާންމު ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ގިނަ ރަށްތަކުގައި ތެޔޮ ވިއްކަނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން އާންމު ފިއުލް ސްޓޭޝަން ގާއިމުކުރުމަށް ދަތި ރަށްތަކުގައި މޮޑިއުލަރ ފިއުލް ސްޓޭޝަން ނުވަތަ ފިއުލް ސްކިޑްތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 34 ރަށެއްގައި މި މަޝްރޫއު ހިންގުމަށް ރޭވިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޠާރިގު އަހުމަދު ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި 19 ރަށެއްގައި އަދި ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއްގައި ފިއުލް ސްކިޑް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 10 ސްޓޭޝަނަކުން ޚިދުމަތް ދޭން ފަށާފައިވާއިރު، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފިއުލް ސްކިޑްތައް ގާއިމުކޮށް ނިންމުމަކީ އަމާޒު ކަމަށް ޠާރިގު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނާއި ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް ތެޔޮ ލިބުމުގައި ހުރި ދަތިތައް ހައްލުވެ، މަސްވެރިން ތެޔޮ ހޯދުމަށް ކުރާ ދިގު ދަތުރުތަކާއި ހޭދަ ކުޑަވެ، ވަގުތު ސަލާމަތްވެގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް