މި އަހަރުގެ ތިން ވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ޓެކްސްއަށް ކެނޑުމަށް ފަހު ތިން ވަނަ ކުއާޓާގައި ލިބުނު ފައިދާ ވަނީ އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު ގާތްގަނޑަކަށް އެއް ޕަސެންޓް އިތުރުވެފަ އެވެ.
ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 279 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 286 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ދެވަނަ ކުއާޓާގައި ލިބުނު 6.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ހަތް ޕަސެންޓުގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވި މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ފާހަގަކޮށްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލުތަކާ ގުޅިގެން މި ކުއާޓާގައި ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް، އަގު ދަށްވި ނަމަވެސް ވޭތުވެދިޔަ ކުއާޓަރާ އަޅާބަލާއިރު ތެޔޮ ވިކުނު އަދަދު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މި އަހަރުގެ ތިން ވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ވަނީ 400 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
ހިންގުމުގެ ފައިދާ މިހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބަކީ، ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗާ ކުރުމާ ގުޅިގެން ހަރަދުތައް ކުޑަކުރެވިފައިވުމާއި، ޖުމްލަކޮށް އެހެނިހެން ހަރަދުތައް ވެސް ހިފެހެއްޓިފައިވުން ކަމަށް އެސްޓީއޯގެ މާލީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު