ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކާއެކު އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ، ގާނޫނީ ދާއިރާއަށް ޕީޖީ އިހުތިރާމް ނުކުރައްވާ ކަމަށެވެ. އަމިއްލަ މަސްލަހަތާއި ޕްރޮސެކިއުޝަން މަސްހުނި ކުރަން ގާނޫނު ހުއްދަނުކުރާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ޕީޖީ އޮފީސް ބޭނުންކުރައްވައިގެން ދިފާއު ނެންގެވުމަކީ މަގާމުގެ ނަހަމަ ބޭނުންކުރުން، ބޮޑެތި ތުހުމަތުތަކުގެ އަޑުގަދަވެ އިތުބާރު ގެއްލިއްޖެ." ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ޑރ. ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ނާއިބް ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ޖިންސީ ގޯނާގެ ސީރިއަސް ދައުވާ ތަކެއް އުފުލާފައިވަނިކޮށް ރާއްޖޭގެ ކޯޓުތަކަށް ފިއްލަަވައިގެން އިނގިރޭސިވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޕީޖީއަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ. އެގޮތުން ބޮޑު ޚިޔާނާތުގެ ލިސްޓް ފަށަންޖެހޭނީ ޕީޖީ ޝަމީމާއި ހަމައިން ކަމަށް ވިދާޅުވެ އަލީ ވަނީ ޚިޔާނާތުގައި ޕީޖީގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކުރައްވާފައެެވެ. އަދި އަލީ ވަހީދު ރާއްޖެ އިން ފުރުވާލީ ޕީޖީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުވައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ ދޮގުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން