ޒަހީނުއްދީން ސަޢީދު   15 ސެޕްޓެމްބަރު 2021 - 4:29
ކޮވިޑުގެ ހާލަތުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ކުރެއްވި މަސައްކަތްޕުޅަށް ސެލިއުޓް އަރުވާ ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) މިރޭ ވިދާޅުވެއްޖެއެެވެ.

ރާއްޖޭގެ މީޑިޔާއަކުން މިރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ރައީސް ސާލިޙުގެ ސަރުކާރުން ކުރި މަސައްކަތްޕުޅަށް އެމަނިކުފާނަށް ސެލިއުޓް ހައްގު ކަމަށެވެ. ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ކުރިއަށް ގެންދާކަމަށް މުހުސިން ވިދާޅުވިއެެވެ.

"މި ހާލަތުގައި ރާއްޖޭގައި ކޮވިޑު މެނޭޖްކުރުމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއިދުކުރަން،. ދުނިޔޭގެ ބައެއް ގައުމުތަށް ހަމަ އެގައުމު ތަކުގެ އިގްތިސާދާ އެއްޗެހި އިނދަޖެހެމުންދާއިރު ރާއްޖޭގެ ރައްޔިތުންނަށް އަސްލު ހަގީގަތުގައި އެކަން އެހާ ބޮޑަށް ފާހަގަކުރަން ނުޖެހޭކަން އަޅުގަނޑު ފާހަގަކޮށްލަން. މިއަދުގެ ސަރުކާރުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ކުރާ މަސައްކަތަށް އަޅުގަނޑު ސެލިއުޓްކުރަން." ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ޔާމިންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި މުހުސިން ވިދާޅުވިއެެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު ވިދާޅުވީ ސިޔާސީ މަސްރަހަށް ބަލާއިރު އެއްވެސް ބޭފުޅަކަށް އެއްބުރުން ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެއްވޭނެކަމަށެވެ. ރައީސް ޔާމީނާއި، ޤާސިމް އިބްރާހިމާއި، އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ ތެރޭގައި މަގުބޫލު ބޭފުޅުންތަކެއްކަމަށް ޖޭފޯ ވިދާޅުވިއެވެ. ތާއީދު ބޮޑު ފިކުރެއް އުފެއްދޭނީ ވަރަށް މަސައްކަތުން ކަމަށާއި، އެކަން ކުރުމުގައި މަގުބޫލު ލީޑަރުންނާއި ދިމާލަށް ގަދަބަސް ބުނުމަކީ ތާއީދު ކުރައްވާ ކަމެއްނޫންކަމަށް މުހުސިން ވިދާޅުވިއެެވެ.

"ފަހުގެ ތާރިޚުގައި ވެރިކަންތައް ގޮސްފައި އޮތް ގޮތް އެ އޮތީ ސާފުކޮށް ފެންނަން، ކޯލިޝަން އަކާއި ނުލާ އެކަމެއް ނުވޭ. އެކަކު އެއްކޮޅުގައި ހުރިއްޔާ އަނެއްކޮޅަށް އެންމެން އަރައިގެން މިކަން މިކުރެވެނީ،" މުހުސިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން