ޒަހީނުއްދީން ސަޢީދު   18 ސެޕްޓެމްބަރު 2021 - 2:8
އައްޑޫގައި މިއަދު ދެވަނަ މާރާމާރީއެއް ހިނގައި ދެ މީހަކު ޒަޚަމްކޮށްލައިފިއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ އައްޑޫގައި މިރޭ ހިނގި މާރާމާރީގައި ސައިކަލުގައި ދިޔަ ދެ މީހަކަށް ހަމަލާދީ، ޒަހަމްކޮށްލައިފައިވާ ކަމަށެވެ. ހަމަލާ ދީފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެ އެވެެ. މި ދެ މީހުންނަށް ވެސް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ވަނީ ފަރުވާ ދޭން ފަށާފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިރޭ 08:05 ހާއިރު ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މިއަދު ހުކުރު ވަގުތުގައި ވެސް އައްޑޫގައި މާރާމާރީއެއް ހިނގައި މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ. އެ މާރާމާރީގައި އަނިޔާވީ 29 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެެ. ފުލުހުން ގެންދަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން