އެމްއެންޑީއެފްއިން ވީއައިޕީންނަށް ދޭ ސެކިއުރިޓީ ކަންކަމުގައި ފަންނީ ލަފާދީ ވިލަރެސްކުރުމަށްޓަކައި އެމެރިކާގެ ސެކިއުރިޓީ ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފިއެވެ.

ޑިފެންސް މިނިސްޓްރީން ގެނައި ކޮންސަލްޓެންޓްއަކީ އެމެރިކާގެ ތަޖުރިބާކާރެއްކަމަށްވާ ޝީމަސް މިއުލާއެވެ.

އޭނާ ވަނީ އިއްޔެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާފައެވެ.



ޑިފެންސް މިނިސްޓްރީން ބުނީ މިއުލާގެ ދަތުރުގައި ރާއްޖެ ވަޑައިގެން އުޅުއްވަނީ ވީއައިޕީންނަށް ދޭ ސެކިއުރިޓީ ހިދުމަތްތައް ވިލަރެސް ކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

ސަލާމަތީ ކަންކަމުގައި ލަފާ ދޭ ކޮންސަލްޓެންޓެއް ރާއްޖެ ގެނެސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓި ކަންކަމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން