ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާތަން ފެނުމަކީ ލިބޭ ބޮޑު އުފަލެއްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތް ފެށުމާއި ގުޅިގެނެވެ.

ނިހާދު ވިދާޅުވީ ކޯވިޑާއެކު މުޅި ދުނިޔެ ހުއްޓި ވާނުވާ ނޭނގޭ ހާސްކަމެއްގެ ތެރޭގައި ތިބުމަށްފަހު، ކިރިޔާ ނޭވާލާން ލިބުމާއެކު ސަރުކާރުން ބޮޑެތި މަޝްހޫރުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާތަން ފެނުމަކީ ލިބޭ ބޮޑު އުފަލެއްކަމަށް ނިހާދު ވިދާޅުވިއެވެ.





ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތް ފަށާފައިވާއިރު މިއީ ހަތަރު ލޭނަށް ފުޅާވާގޮތަށް 1.4 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް އަޅާ ބްރިޖުގެ މަސައްކަތުގެ މައިގަނޑު ބޭނުމަކީ ހަންކެޑެގައި ރިޒޯޓެއް ތަރައްގީ ކުރުމެވެ. އެ ރިސޯޓް ހިންގަން މަސައްކަތްކުރާތާ މިހާރު 18 ވަރަކަށް އަހަރުވެއްޖެއެވެ. ނަމަވެސް މިހާތަނަށް އެމަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.

ހަންކެޑެގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް ސާލިހުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިއީ އައްޑޫ ސިޓީގެ މުޅި މަންޒަރު ބަދަލުވެގެންދާނެ ފުރިހަަމަ މަސައްކަތަކަށް ވާނެކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ބުނެފައިވަނީ މޮނޯރެއިލް ލޭނަކާއެކު އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތަކީ އުއްމީދީ ޕްރޮޖެކްޓެއްކަމަށެވެ. މީގެއިތުރުން އައްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަން އެއަރޕޯޓުން ހިތަދޫ އޮޑައްސަލާ ހަމައަށް ލިންކްރޯޑް ހަތަރު ލޭނަށް ފުޅާ ކުރުމުގެ ޕްރޮޖެކްޓެއް ވަނީ ރޭވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން