ހަފުތާއެއްގެ ތެރޭގައި މާލޭގެ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަން ބަންދުކުރީ އެ މީހުން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާ ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސާޖު ޕާލާތަކުގެ މައްސަލަ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ.
"އެހެންވެ، އެ މަސައްކަތަށް އިތުރު ހިތްވަރެއްލާ، ޚާއްސަ އޮޕަރޭޝަނެއް މި މަހުގެ ނުވަވަނަ ދުވަހު ވަނީ ފަށާފައި، އެ އޮޕަރޭޝަންގެ ތެރެއިން 52 ތަނެއް މިވީ ހަފުތާއެއްގެ ތެރޭގައި ވަނީ ބަންދުކޮށްފައި." މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
މިމަހު 11 ވަނަ ދުވަހުވެސް އިމިގްރޭޝަނުން ވަނީ މާލޭގައި ހިންގަމުންދިޔަ ހަތަރު މަސާޖުޕާލާ ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީން އަތުލައިގެންފައެވެ. އަދި އިތުރު މަސާޖު ޕާލާތަކެއް ފާސްކޮށް، 5 ބިދޭސީއަކު ވެސް ވަނީ އަތުލައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު