ރާއްޖޭގައި ޣައިރު ދީންތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ ސޯޝަލް މިޑިއާ މެދުވެރިކޮށް ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހި ބަހުން އަޑުއަޅާފައިވާ ވީޑިއޯތަކެއް ދައުރުކުރަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އަފްރާހް ވިދާޅުވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 2019 އިން ފެށިގެން އެފަދަ ޕްލެޓްފޯމްތަކުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަދި މިހާތަނަށް އެފަދަ ޕޭޖްތައް ހުއްޓުމަކަށް ގެނެވިފައިނުވާކަމަށެވެ.
ޢީސާގެފާނުގެ ވާހަކައިގެ ނަމުގައި ޝިރުކުގެ ގިނަ ވާހަކަތައް ހިމެނޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޙިއްސާ ކުރަމުންދާ މައްސަލަ ބޮޑުވެފައިވާއިރު އެފަދަ ޕޭޖްތަކަށް ފޮލޯ ކުރާ ދިވެހިންގެ ޢަދަދުވެސް މަދުނޫންކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު