މާލޭ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު މަގުމައްޗަށް އެއްލާލައިފި އެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 9:55 ހާއިރު އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެކަން ބަލަމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނުކުރީ އުމުރުން 37 އަހަރުގެ، ހަސަން ފަހީމް ނަމަކަށް ކިޔާ އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައި ދަނިކޮށް ރޭ 11:30 އެހާކަންހާއިރު އެވެ. ރަހީނުކުރި މީހުން އޭނާގެ އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.
ފަހީމް އައިޖީއެމްއެޗު ދޮރުމައްޗަށް އެއްލާލާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އަނިޔާކުރީ މޫނު ނިވާކޮށްގެންތިބި ހަތް މީހުންގެ ގްރޫޕަކުންނެވެ.
ފަހީމަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުންދާއިރު ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަޚަމްތައް އޭނާގެ ހަށިގަނޑުގައި ހުއްޓެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު