ރާއްޖޭގެރީތި ރިސޯޓެއް- ކޮރޯނާވައިރަހާއި ގުޅިގެން ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށާނީ ސޭފް ޓޫރިޒަމް ކޮންސެޕްޓްގައި
ރާއްޖޭގެރީތި ރިސޯޓެއް- ކޮރޯނާވައިރަހާއި ގުޅިގެން ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށާނީ ސޭފް ޓޫރިޒަމް ކޮންސެޕްޓްގައި
ރިސޯޓްތަކުގެ މިއަހަރުގެ ފަހު ހަ މަސްދުވަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން ނިއްމައިފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެެއްވީ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙެވެ. ގައުމާ މުޚާތަބު ކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑް-19 ގެ ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު ރިސޯޓްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ރިސޯޓް ކުލި ދެއްކުމަށް ލުއި ތަކެއް ދެއްވުމަށް ނިންމެވިއިރު އަލުން ފަތުރުވެރިކަން ހުޅުވާލުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖުލައި މަހުގެ ތެރޭގައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައިކަމަށާއި، އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މި ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ އިރު، މި ބައްޔަށް ފަހުގައި ޢާންމު ދިރިއުޅުމަށް އެނބުރި ދިއުމަށްވެސް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭނެ. މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ދަތިތަކުން އަރައިގަތުމަށް އުފެއްދި ޤައުމީ ޓާސްކް ފޯހުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. "ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު، ހިތްހަމަނުޖެހޭ ބަޔަކު ވެސް ތިބެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އަޅަން ޖެހުނީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ޤައުމުތައް އުފުލަމުންދާ އުނދަގޫތައް އެންމެންނަށްވެސް ފެންނަމުންދާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް الله ގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މިފިޔަވަޅުތައް އެޅުމުގެ ސަބަބުން ކަމަށެވެ. އެހެން ނޫން ނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާކުރަމުން ދާނީ، ޞިއްޙީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ޙާލަތު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން