އއ. އުކުޅަސް
އއ. އުކުޅަސް
އއ. އުކުޅަހުގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ގޮސް ނަގައިފިއެވެ.

އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ގަހެއް ބެހެއްޓުމުން އެރަށުގެ ޢާއްމުން ވަނީ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެހެންދީންތަކުގެ ޢީދުތަށް ފާހަގަ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އޭގެ ތެރެއިން ގެސްޓްހައުސްތައްވެސް އިސްތިސްނާ ވެފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އުކުޅަހުގެ ގެސްޓްހައުސްއެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބިފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބޭގޮތުގައި އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ފުލުހުން މިހާރު ވަނީ އެ ގެސްޓްހައުސްގެ ގުދަނަށް ވައްދައިފައެވެ.

އުކުޅަހު ކައުންސިލުން ބުނީ އެ ގެސްޓްހައުން ހިންގަމުށް ދަނީ ބޭރު މީހެއް ކަމުން އެކަން އޭނާއަށް ކުރެވުނީ ގާނޫނީ ގޮތުން މަނާ ކަމެެއް ކަން އޭނާއަށް ނޭނގި ކަމަށެވެ.

މީގެ ކުރިން މާފުށީ ގެސްޓްހައުސެއްގައި ބަހައްޓާފައި ހުރި ކްރިސްމަސް ގަހެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން